ރަސްފަންނާއި ސަލްޓަންޕާކުގެ ރީތިކަން އަލުން ގެނެސްދޭނަން: ރައީސް
ރަސްފަންނާއި ސަލްޓަން ޕާކްގެ ހާލަތު ފެނިފައި ހިތާމަ ކުރައްވާ ކަމަށާއި އެ ދެ ތަނުގެ ރީތިކަން އަލުން ގެނެސް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް...
ޚިޔާލު ތަފާތު ވުމަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތަށް ހުރަސް އެޅޭ ކަމަކަށް ވެގެން ނުވާނެ: އާދަމް ޝަރީފް
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ހުރަސްއެޅޭ ކަމަކަށް ވެގެން ނުވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު...
އައިއޭއެސްއެލް އިއާސާ ޕާރޓް 145 ހުއްދައިގެ ސެޓްފިކެޓް ހޯދައިގެން ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފި
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އަށް އުފަލާއެކު އިޢުލާނުކުރެވެނީ، އެ ކުންފުނީގެ ތަރައްޤީގެ ދަތުރުގައި ވަރަށް މުހިންމު ކާމިޔާބީއެއް ހާސިލުކުރެވިފައިވާ ކަމެވެ. އެ ކުންފުނިން ވަނީ ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން...
ވޭޕްކުރަން ބޭނުންކުރާ އެއްވެސް އާލާތެއް ފެނިއްޖެނަމަ ހިފެހެއްޓުމުގެ ބާރު ތަންފީޒީ އިދާރާތަކަށް
އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕްކުރަން ބޭނުންކުރާ ބާވަތްތައް ތަންފީޒީ އިދާރާތަކުގެ ބާރުގެ ދަށަށް ގެނައުމުގެ ޤާނޫނީ ބާރު ލިބިދޭގޮތަށް ދުންފަތް ކޮންޓްރޯލްކުރުމުގެ އާންމު ގަވާއިދުގައި ކަނޑައަޅައިފިއެވެ. އަދި މިފަދަ އެއްޗެއް ބާރުގެ ދަށަށް...
ޕީސީބީގެ ރައީސް ހަމްދީ އަޤީލް މަޤާމުން ވަކިކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް) ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް ހަމްދީ އަޤީލް މަޤާމުން ވަކިކޮށްފިއެވެ. އޭނާ މަޤާމުން ވަކިކޮށްފައިވާކަން ޕީއެސްއެމް ނިއުސްއަށް މާލީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް...
މި އަހަރުގެ މިހާތަނަށް ޗައިނާއިން ބައިލައްކައަށް ވުރެ ގިނަ ފަތުރުވެރިން
(ފޮޓޯ ކްރެޑިޓްސް: ވަގުތު) މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 50،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން...
ރަމަޟާން މަހު އެމްއެމްއޭ ހުޅުވިފައި ހުންނަ ގަޑިތައް އިއުލާންކޮށްފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ރަމަޟާން މަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ހުޅުވިފައި ހުންނަ ގަޑިތައް އިއުލާންކޮށްފިއެވެ. އެމްއެމްއޭ އިން ވިދާޅުވީ ރަމަޟާން މަހާއި އެ ވިދިގެން އަންނަ ހަ ރޯދައިގެ...
މިފްކޯއިން މަސްވެރިންނަށް 4.5 މިލިއަން ރުފިޔާ ދޫކޮށްފި
މިފްކޯއިން މަސްވެރިންނަށް 4.5 މިލިއަން ރުފިޔާ ދޫކޮށްފިއެވެ. މިފްކޯއިން ވިދާޅުވީ މި މަހުގެ 11 ދުވަހުގައި ދޯނިތަކުން މިފްކޯގެ ސެންޓަރުތަކަށް ކިރާފައިވާ މަހަށް މިއަދު ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން 11...
މެޒޯ މޯޑް ނިޔާވުމުން ރައީސްގެ ތައުޒިޔާ އާއިލާއަށް
މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވުމާ ގުޅިގެން، އޭނާގެ އާއިލާއަށް ރައީސް ޑރ. މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ...
ތިމާވެއްޓާއި ރައްޓެހި ފްލީޓަކާއެކު މާލޭގައި ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ވަގުތު) ތިމާވެއްޓާއި ރައްޓެހި ޓެކްސީ ފްލީޓަކާއެކު ސަރުކާރުން މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ހިދުމަތް ވެގެން ދާނީ އެމްޓީސީސީގެ...
