
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ހުރަސްއެޅޭ ކަމަކަށް ވެގެން ނުވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރަސްފަންނާއި ސަލްޓަން ޕާކު ބެލެހެއްޓުމުގައި ކައުންސިލުން އިހުމާލުވަމުންދިޔުމާއި ގުޅިގެން، އެ ތަން އެންމެ ރަނގަޅު ގޮތެއްގައި ބަލަހައްޓަމުން ނުދާ ކަމުގެ ޝަކުވާ ވަރަށް ގިނަ އާންމުން ކުރަމުން ގެންދާތީއެވެ.
އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ޖެހޭނީ، އެ ރައްޔިތުން ބޭނުންވާ ގޮތް ރިއާޔަތްކުރުމަށްފަހު ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި ސިޔާސީ ގޮތިން ހިޔާލު ތަފާތުވުމަކީ އެކަމަށް ހުރަސް އެޅޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
“ލާމަރުކަޒީ ނިޒާމަކީ ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތް ދިނުމާއި ރައްޔިތުން ބޭނުންވާގޮތް ދެނެގަތުމަށްފަހު، އެކަމަށް ރިޢާޔަތްކޮށްގެން ކަންކަން ކުރުމަށް މަގު ފަހިކޮށްދޭ ނިޒާމަކަށް ވާއިރު، އެނިޒާމުގެ ސަބަބުން ތަރައްޤީ އާއި ތަހުޒީބަށް މަގު ފަހިވާންޖެހޭނެ. ސިޔާސީ ފިކުރުގެގޮތުން ޚިޔާލު ތަފާތު ވުމަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމަށް ހުރަސް އެޅޭ ކަމަކަށް ވެގެން ނުވާނެ.”، އާދަމް ޝަރީފު ވިދާޅުވިއެވެ.
މަލްޓިޕާޓީ ޑިމޮކްރަސީގެ ޙަޤީޤީ ފައިދާ ޤައުމަށް ކުރާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައް ކުރުމުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އުންމީދަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ އަދި ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އެ މަނިކުފާނު ކަންކަން ކުރައްވާގޮތް ނަމޫނާއަކަށް ބައްލަވައިގެން، ހުރިހާ މުއައްސަސާތަކުން ވެސް އެގޮތަށް ބަހާއި އަމަލުތައް ބެހެއްޓެވުން ކަމަށް އާދަމް ޝަރީފު ވަނީ ވިދާޅުވެފައެވެ.
މާލޭގެ ގިނަ ރައްޔިތުން ހިތްހަމަ ޖައްސާލަން އާއިލާއެކީ ވަގުތު ހޭދަކޮށްލަން ގޮސް ތިބޭ ދެތަން ކަމަށްވާ ރަސްފަންނާއި ސަލްޓަންޕާކު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެދެތަނުގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށް ރައީސް މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ އެ ދެތަނުގެ ރީތިކަން އަލުން އަނބުރާ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މާލެ ސިޓީ ކައުންސިލުގައި އެމަނިކުފާނު ހުންނެވިއިރު ރައީސް ޔާމީނުގެ ވެރިކަމުގައި ތަރައްޤީ ކުރެވުނު މި ދެތަން ބަލަހައްޓަމުން ގެންދަވަނީ މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް މޭޔަރު އާދަމް އާޒިމް ކައުންސިލާއި ހަވާލުވެވަޑައިގެންނެވި ފަހުން މި ދެތަން މަރާމާތްކޮށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
