
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ހަމަޖައްސައިފިއެވެ. މި ގަވާއިދުގެ ދަށުން، ރާއްޖޭގައި ބޭނުންކުރާ ބޭސްތަކުގެ ރަޖިސްޓްރީއެއް 30 ދުވަހުގެ ތެރޭގައި އެމްއެފްޑީއޭއިން އެކުލަވާލަން ޖެހޭނެއެވެ. އަދި ބޭސް އުފައްދާ ފަރާތްތަކުން ފެށިގެން ފާމަސީތަކާ ހަމައަށް ހުރިހާ ފަރާތްތަކަކުން އެމްއެފްޑީއޭގައި ރަޖިސްޓްރީވެ، ހާއްސަ ހުއްދަ ހޯދުން ވަނީ މަޖުބޫރުކޮށްފައެވެ.
ކޮންޓްރޯލްޑް ޑްރަގްސް އެތެރެކޮށް ވިއްކޭނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްވާއިރު، ރަޖިސްޓްރީ ނުކުރާ ބޭސް އެތެރެކުރުމަކީ މަނާކަމެކެވެ. ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ނަސޭހަތް ދިނުމާއި، 10،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން، ހުއްދަ ވަގުތީގޮތުން ހިފެހެއްޓުމާއި ބްލެކްލިސްޓު ކުރުން ފަދަ ފިޔަވަޅުތައް އެޅޭނެއެވެ. އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާ ފަރާތްތަކަށް މެޑިކަލް ރިކޯޑާއެކު ގިނަވެގެން 6 މަސް ދުވަހުގެ ބޭސް އެތެރެކުރުމުގެ ފުރުސަތު އޮންނާނެއެވެ. މި ގަވާއިދަށް އަމަލުކުރަން ފަށާނީ ގެޒެޓްކުރާ ތާރީޚުން ފެށިގެން 90 ދުވަސް ހަމަވުމުންނެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
