Read Time:2 Minute, 25 Second

 

 

ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން ހާމަކުރި ގޮތުގައި، ޕާޓީތަކުގެ މާލީ ކަންކަން ޖުމްލަކޮށް ރަނގަޅު ނަމަވެސް، އެއް ހަމައެއްގައި އަމަލުކުރާނެ އުސޫލެއް ނެތުމުން ބައެއް ގޮންޖެހުންތައް ދިމާވެއެވެ. މިގޮތުން، އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން މިހާރު ވަނީ އައު އުސޫލެއް ޑްރާފްޓްކޮށް، ޕާޓީތަކުގެ މަށްވަރާއާއެކު ގެޒެޓްކުރުމުގެ މަރުހަލާއަށް ފޮނުވާފައެވެ.

 

 

ކޮންމެ ސިޔާސީ ޕާޓީއަކުންވެސް އަހަރު ނިމުމުން އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހަޅަންޖެހޭއިރު، ޚާއްޞަކޮށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުން ރައްޔިތުންގެ ފައިސާއަށް ޒިންމާދާރުވާންޖެހޭނެ ކަމަށް އީސީން ބުނެއެވެ. މާލީ ބަޔާން ހުށަނާޅާ ޕާޓީތަކާއި އެ ކަމަށް ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާއިރު، މި އަހަރު މާލީ ބަޔާން ހުށަނާޅައިގެންނާއި ސުންގަނޑި ހަމަވީފަހުން ހުށަހަޅައިގެން އެމްޑީޕީ، އެމްއެންޕީ އަދި އަދާލަތު ޕާޓީ ވަނީ ޖޫރިމަނާކޮށްފައެވެ. އައު އުސޫލުގެ ސަބަބުން ޕާޓީތަކުގެ މާލީ ނިޒާމު ދައުލަތުގެ މާލީ ނިޒާމާ އެއްގޮތަށް ބައްޓަންވެ، ދެފުށް ފެންނަ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %