
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ތިމާވެއްޓާއި ރައްޓެހި ޓެކްސީ ފްލީޓަކާއެކު ސަރުކާރުން މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ހިދުމަތް ވެގެން ދާނީ އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތަށް އިތުރު ކުރެވެ މުހިންމު ބޮޅަކަށެވެ. މާލެ ޓެކްސީ ލައިން ވެގެން ދާނީ އިލެކްޓްރޯނިކް ޓެކްސީ ލައިނަކަށެވެ މިއަދު މީރުމާ ކާނިމާ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަހްމަދު ޝަމީމެވެ. އަދި އެމްޓީސީސިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހަމަދު ސައުދީއެވެ.
.(ފޮޓޯ ކްރެޑިޓްސް: ވަގުތު)
އެ ވުޒާރާއިން ހިއްސާ ކުރި މައުލޫމާތަށް ބަލާއިރު، މި ހިދުމަތް ބޭނުންވާ ވަގުތަކު ލިބޭއިރު، ބޭނުންވާ ތަނަކަށް ވާސިލް ވެވޭނެއެވެ. މާލެ ޓެކްސީ ލައިންގެ ސަބަބުން މާލޭގައި ޓެކްސީ ދުއްވާ ފަރާތްތަކަށްވެސް އެތައް ފައިދާއެއް ލިބިގެން ދާނެއެވެ. މިގޮތުން އަމިއްލައަށް ކާރެއް ގަންނަން ނުޖެހި، ގަރާޖެއް ހޯދަން ނުޖެހި، ވަޒީފާގެ ފުރުސަތު އިތުރުވެގެން ދާނެއެވެ. އަދި ޕާޓް ޓައިމްކޮށް މިކަން ކުރަން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ލިބިގެން ދާނެއެވެ. “ވަގުތީ ގޮތުން މާލޭގައި ހުންނަ ދުވަސްކޮޅު، ޓެކްސީ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ލިބިގެންދާނެ، ޔަގީން މުސާރައެއް ލިބިދެވޭނެ، ދުއްވާ ކާރުގެ މަރާމާތަށް އަދި ތެލަށް އިތުރު ހަރަދެއް ކުރަން ނުޖެހޭނެ، ޕެންޝަން ރައްކާތެރިކަން ލިބިދެވޭނެ، ކުރިން ބޭންކްތަކުން ނެތް އިތުރު ދެ ފުރުސަތު ލިބޭނެ،”. އެ ވުޒާރާއިން ވިދާޅުވިއެވެ.
އަދި މިއީ މާލޭގައި މިހާރު ހިދުމަތް ދެމުންދާ ޓެކްސީ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ކަަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އެ ވުޒާރާއިން ވިދާޅުވީ، މިއީ މާލޭ ސަރަޙައްދުގައި ދަތުރުފަތުރާ ގުޅޭގޮތުން އުފެދިފައިވާ “މާކެޓް ގެޕްސް” ތަކަށް ހައްކު ހޯދައިދިނުމަށާއި، ޓެކްސީ ޚިދުމަތަކީ ލުއިފަސޭހަކަމާއެކު ރަނގަޅުފެންވަރުގައި ޢާންމުންނަށް ލިބޭނެ ޚިދުމަތަކަށް ހެދުމުގެ މަޤްޞަދުގައި ފަށާ ހިދުމަތެއް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޝެއާ ހޯލްޑަރުންނަށް ދިވެހީން ހެދުމަށް 10 ރިސޯޓު ހަދާ ސަރަހައްދުތައް ކަނޑައަޅައިފި
ދިވެހި ކޮންމެ ރައްޔިތަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން، 10 ރިސޯޓު ތަރައްޤީކުރާނެ ރަށްތަކާއި ފަޅުތައް މިހާރު ކަނޑައަޅާފައިވާ ކަމަށް...
ފެނަކަ ސްޓެލްކޯގެ ދަށަށް، އާރުޑީސީ، އެމްޓީސީސީއާއި އެއްކޮށްލަނީ
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ގޮތުން، ފެނަކައާއި އާރުޑީސީ އުވާލުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ. މި...
އެގްރޯނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރަން...
ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި އެމްޑަބްލިއުއެސްސީގެ ވިއްކާފައިވާ ހިއްސާ ހޯދަނީ
ދިރާގާއި އެމްޑަބްލިޔުއެސްސީގެ ހިއްސާތައް ސަރުކާރަށް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާނު ކުރައްވާފައެވެ. ކުންފުނިތައް ހިންގުން ހަރުދަނާކޮށް...
60،000 ރުފިޔާގެ އާމްދަނީއެއް ލިބޭނަމަ އާސަންދައިގެ ފުލް ކަވަރޭޖް ކަނޑާލަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭ ގޮތަށް ބަދަލުކޮށް، ކޯޕޭ...
މިދިޔަ އަހަރު އެމްޕީއެލްއަށް ލިބުނު ފައިދާ އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) އެމްޕީއެލްގެ މާލީ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ...
