
މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) ނިޔާވުމާ ގުޅިގެން، އޭނާގެ އާއިލާއަށް ރައީސް ޑރ. މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ. ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަންނާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައި، އަދި ދިވެހި އަމިއްލަ ފަންނީ ބައެއް އުފެއްދުން އުފެއްދުމުގައި ވެސް މަޤްބޫލު ހުނަރުވެރިކަަމެއް ދައްކަވާފައިވާ، މެޒޯ މޯޑް ނިޔާވުމުގެ ހިތާމައިގައި، އެ މަރުޙޫމްގެ އާއިލާ އަށް ތައުޒިޔާ ރައްދު ކުރާ ކަމަށެވެ.
“މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުޙޫމް މުހައްމަދު މާޖިދު ލަހައްޓަވާށިއެވެ. އާމީން.” ރައީސް ވިދާޅުވިއެވެ. މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ބައްޕަ މެޒޯ މޯޑް 59، ނިޔާވީ ހާލު ދެރަވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އަމިއްލަ ރާގުގެ ގިނަ ލަވަތަކެއް ހުށަހަޅާފައިވާ މެޒޯ މޯޑް ނިޔާވުމާ ގުޅިގެން މިއުޒިކީ ދާއިރާގެ ވަރަށް ގިނަ ފަންނާނުން އަންނަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. މެޒޯ ވަނީ މިއުޒިކީ ދާއިރާ އަށް 45 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައެވެ.
އެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މެޒޯ މޯޑަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބުނީ 2010 ވަނަ އަހަރެވެ. މެޒޯ މޯޑް ކީ ލަވަތަކުގެ ތެރެއިން މަޝްހޫރުވެފައި ވަނީ އަމިއްލަ ރާގުގެ ލަވަތަކެވެ. އެގޮތުން އެންމެ މަޝްހޫރުވި ލަވަތަކުގެ ތެރޭގައި “ވިސްނާ ވިސްނާ”، “ކަމަނަ ގޯތީ އާދަނުތާ”، “އަކިރި ދެމޭ”، “ވިސްނާ ވިސްނާ”، “އުޑުން ތަރިތައް”، “ދާނޭހޭ ތިހަނދާން ފިލާ”، “އެޅި މިކަނޑުމަތި” ފަދަ ލަވަތައް ހިމެނެއެވެ.
މެޒޯ މޯޑަކީ ދިވެހި މިއުޒިކީ ދާއިރާގައި ލެޖެންޑެކެވެ. އޭނާ ވަރަށް ގިނަ ބޭންޑުތަކުގައި މަސައްކަތް ކުރިއިރު، ވަރަށް ގިނަ އަލްބަމްތައް ވެސް ނެރެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
