
އިލެކްޓްރޯނިކް ސިނގިރޭޓާއި، ވޭޕްކުރަން ބޭނުންކުރާ ބާވަތްތައް ތަންފީޒީ އިދާރާތަކުގެ ބާރުގެ ދަށަށް ގެނައުމުގެ ޤާނޫނީ ބާރު ލިބިދޭގޮތަށް ދުންފަތް ކޮންޓްރޯލްކުރުމުގެ އާންމު ގަވާއިދުގައި ކަނޑައަޅައިފިއެވެ. އަދި މިފަދަ އެއްޗެއް ބާރުގެ ދަށަށް ގެނައުމަށް ހުރަސްއަޅައިފިނަމަ، 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙާއެކު، ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފައިވަނީ މިދިޔަ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މިއާއެކު ވޭޕާއި ވޭޕްކުރުމަށް ބޭނުންކުރެވޭ އެހެން ބާވަތްތައް ރާއްޖެއަށް އެތެރެކުރުންވަނީ މަނާކޮށްފައެވެ. ދުންފަތް ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ އާއްމު ގަވާއިދުގައި ވޭޕާއި ގުޅޭގޮތުންވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ރާއްޖެއަށް އެތެރެކޮށް މަނާކޮށްފައިވާ އީސިނގިރެޓާއި، ވޭޕް އަދި އެއާއެކު ބޭނުންކުރާ އާލާތްތައް ހިފަހައްޓާ ތަންފީޒީ އިދާރާތަކުގެ ބާރުގެ ދަށަށް ގެނައުމުގެ ޤާނޫނީ ބާރުވެރިކަން މިގަވާއިދާއެކު ތަންފީޒީ އިދާރާތަކަށް ލިބިދެއެވެ.
ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގައި އެހެން މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތަންފީޒީ އިދާރާއަކުން ބަލައި ފާސްކުރުމުގެ ތެރޭގައި މިފަދަ އެއްޗެއް ފެނިއްޖެ ހާލަތެއްގައި އިތުރު ކޯޓު އަމުރަކާއި ނުލާ އެތަކެތި ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. އަދި ރާއްޖެއަށް އެތެރެކުރުން މަނާ މިފަދަ އެއްޗެއް ފެނިއްޖެނަމަ އެފަރާތެއް، 2000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އެތަކެތި ތަންފީޒީ އިދާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ހުރަސްއަޅައިފިނަމަ، އާންމު ފަރުދެއްނަމަ 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. އަދި މިގޮތުން ޤާނޫނު ތަންފީޒުކުރުމަށް ހުރަސްއަޅަނީ ވިޔަފާރިއަކުންނަމަ އެފަރާތެއް، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިޔަފާރި ހުއްދަ ބާތިލުކުރުމަށް ހުށައެޅުމަށްވެސް ގަވާއިދުގައިވަނީ ހިމަނާފައެވެ.

މިގޮތުން ކުރެވޭ ޖޫރިމަނާތައް 14 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ދައްކާ ޚަލާސްކުރަންޖެހެއެވެ. އަދި އެގޮތަށް ޢަމަލުނުކޮށްފިނަމަ، ދުންފަތުގެ ވިޔަފާރިކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާތިލުކުރުމުގެ ބާރު މިނިސްޓްރީ އޮފް ހެލްތަށް ލިބިގެންވެއެވެ. އަދ ފައިސާ ނުދައްކާނަމަ ޝަރުޢީ ކޯޓު މެދުވެރިކޮށް އެފައިސާ ހޯދުމުގެ ބާރުވެސް މިގަވާއިދުން ކަމާބެހޭ ފަރާތްތަކަށް ލިބިދެއެވެ. އަދި މިގޮތުން ކަމާބެހޭ ފަރާތްތަކުން އަޅާ ފިޔަވަޅުތަކާއި މެދު ހިތްހަމަނުޖެހޭނަމަ އެކަމުގެ ޝަކުވާ މިނިސްޓްރީ އޮފް ހެލްތަށް ހުށައެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަރާތަށްވަނީ ލިބިދީފައެވެ. އަދި އެމައްސަލައެއް 15 ދުވަހުގެ ތެރޭގައި ބަލާ ޖަވާބުދާރީވުމަށް މިގަވާއިދުގެ ދަށުން މިނިސްޓްރީގެ މައްޗަށް ލާޒިމްކުރެއެވެ.
މިގަވާއިދުގެ ދަށުން ތަންފީޒީ އިދާރާތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ، މިނިސްޓްރީ އޮފް ހެލްތާއި، ދިވެހި ފުލުހުންގެ ޚިދުމަތާއި، އިޤްތިޞާދީ ސިޔާސަތު ތަންފީޒުކުރުމުގެ ޒިންމާ އެވަގުތަކު ހަވާލުކޮށްފައިވާ ވުޒާރާއާއި، ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަށްކަމަށް ގަވާއިދުގައިވަނީ ކަނޑައަޅާފައެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
