
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ގައުމީ އެއާލައިން މޯލްޑިވިއަނުން ޖަރުމަނަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ. މޯލްޑިވިއަން އިން އެކަން އިއުލާންކޮށްފައިވަނީ އައިޓީބީ ބާލިން 2025 ގައި ‘ދަ ނެކްސްޓް ޗެޕްޓާ އޮފް މޯލްޑިވްސް ޓޫރިޒަމް – ބާލިން އެޑިޝަން’ ގެ ނަމުގައި ކުރިއަށްގެންދިޔަ ސެމިނާގަ އެވެ. މޯލްޑިވިއަން އިން ބުނީ މި އަހަރު ތެރޭގައި ދަތުރުތައް ފެށުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ދަތުރުތައް ފެށޭނެ ދުވަހާ އިތުރު މައުލޫމާތު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ރާއްޖެއާއި ޖަރުމަނާ ދޭތެރޭގައި ސީދާ ދަތުރުތައް ފެށިގެންދިއުމާއެކު ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ. އަދި މި އާ ރޫޓުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރުމަށް އިތުރުވަމުންދާ ޑިމާންޑާއެކު ޖަރުމަނު ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބި، ރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ސަގާފީ އަދި އިގްތިސޯދީ ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުންޏެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ފެބްރުއަރީ މަހުގެ “މަންތްލީ ސްޓެސްޓިކް” އިންވެސް ފެބްރުއަރީ މަހުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައިވެސް ޖަރުމަނު ހިމެނެ އެވެ.
About Post Author
މާދަމާ ނިއުސް
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
މުހިއްމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިޔާއާއެކު މަޝްވަރާކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އޮސްޓްރޭލިއާގެ ޚާއްސަ މަންދޫބު ޓިމް ވަޓްސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، ދެ ގައުމުގެ...
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
