Read Time:2 Minute, 9 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ފަތުރުވެރިންގެ އަދަދު ދަށްނުވާނެ ކަމުގެ ޔަގީންކަން ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ދެއްވައިފިއެވެ. ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ ޚަރަދު ބޮޑުވެ ޔޫރަޕާއި މެދުއިރުމަތީގެ މާކެޓުތަކަށް ބަދަލު އައި ނަމަވެސް، ސަރުކާރާއި ސިނާއަތުގެ އިސްފަރާތްތައް ގުޅިގެން ކުރާ މަސައްކަތުން ފަތުރުވެރިން އަންނަ މިންވަރު ދަށްވާ ރޭޓު މިހާރު ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ކުއާޓަރުގެ ބުކިންތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ އުންމީދު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ރާއްޖެއަށް 1.1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން އަންނަ މިންވަރު ދަށްވާ ނިސްބަތް މިހާރު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %