
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި މަރުކަޒަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުގައި ހިނގާ ހާދިސާތައް ވިލަރެސްކޮށް، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް މަސައްކަތްކުރާ މައި ހަބެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރި މި އިމާރާތުގައި އޮޕަރޭޝަންސް ރޫމަކާއި، ތަމްރީނުތަކަށް ބޭނުންވާ ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމުގައި ޔޫއެންއޯޑީސީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީތެރިކަންވެސް ލިބިފައިވެއެވެ. 2006 ވަނަ އަހަރު ޚިދުމަތް ދޭން ފެށި މި މަރުކަޒުން ވޭތުވެދިޔަ 10 އަހަރުތެރޭ 3،700 އަށްވުރެ ގިނަ ހާދިސާގައި 8،000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި އެހީތެރިވެދީފައިވެއެވެ. މި އައު އިމާރާތާއެކު ކޯސްޓްގާޑުގެ ޤާބިލްކަން އިތުރުވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
“އިމާދުއްދީން މަނަވަރާއެކު އަސްކަރިއްޔާގެ ހައިބަތު ފެނިގެންދާނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު...
“ރާއްޖެއާއި އޮސްޓްރޭލިޔާގެ އަސްކަރީ ގުޅުން އަންނަނީ ވަރުގަދަވަމުން”
(ފޮޓޯ ކްރެޑީޓްސް: ޕީއެސްއެމް ނިއުސް) އޮސްޓްރޭލިޔާއިން ރާއްޖެއަށް ހަދިޔާކުރި 'ކޯސްޓް ގާޑް އިމާދުއްދީން' މަނަވަރު ކޮމިޝަންކުރުމުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ހާއްސަ މަންދޫބު ޓިމް...
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މުހިއްމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިޔާއާއެކު މަޝްވަރާކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އޮސްޓްރޭލިއާގެ ޚާއްސަ މަންދޫބު ޓިމް ވަޓްސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، ދެ ގައުމުގެ...
