Read Time:2 Minute, 29 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރި “ކޯސްޓްގާޑް ޝިޕް އިމާދުއްދީން” އަކީ ކަނޑުމަތީގައި ދިވެހި އަސްކަރިއްޔާގެ ހައިބަތާއި ގާބިލުކަން ދައްކުވައިދޭނެ މުހިންމު އުޅަނދެއް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސަރަހައްދީ ސަލާމަތީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ބޯޑަރާއި ސިޔާދަތީ ބާރު ހިމާޔަތްކުރުމަށް މިފަދަ މަނަވަރުތަކުގެ ބޭނުންތެރިކަން މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.

 

 

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ސިޔާސަތުގެ ދަށުން ދިވެހި އަސްކަރިއްޔާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ހިލްމީ ފާހަގަކުރެއްވިއެވެ. އެގޮތުން ތުރުކީވިލާތުން ޒަމާނީ މަނަވަރެއް ހޯދުމާއި، “ސްޕެޝަލް ބޯޓު ސްކޮޑްރަން” އެއް އުފެއްދުމުގެ އިތުރުން، މިއަހަރުގެ ނަސްރުގެ ދުވަހުގެ ކުރިން 20 އިންޓަރސެޕްޓް ކްރާފްޓް ހޯދުމަށް ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މި އާ މަނަވަރު ވެގެންދާނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ފަޚުރުވެރި ދިދަ ވިހުރުވައިދޭނެ، ގައުމީ މަސްއޫލިއްޔަތު އަދާކުރުމުގައި އާ ކާމިޔާބީތަކެއް ހޯދައިދޭނެ އުޅަނދަކަށެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %