
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހު، މިހާރު މަޖިލީހުގައި ތިބި މެންބަރުންގެ މައްޗަށް ހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ. އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް ސޮއިކުރައްވައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ލިޔުމުގައި، ތިން ކަމެއް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައިވެއެވެ. އެގޮތުން ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށާއި ގޮނޑި ގެއްލޭ ގޮތަށް ގެނެވުނު އިސްލާހަކީ ޞައްޙަ އިސްލާހެއް ކަމަށް އަދި މިހާރު ތިބި މެންބަރުންގެ މައްޗަށް އިސްލާހު ހިނގާނެ ކަމަށް ކަނޑައަޅައިދެއްވުމަށް ވަނީ އެދިފައެވެ.
އިއްޔެ މަޖިލީހުގެ ޖުޑީޝަލް ކޮމިޓީއަށް އޭޖީ ވަނީ ހާޒިރުކޮށްފައެވެ. މި ކޮމިޓީގައި އޭޖީ އޮފީހުގެ ޕާމަނެންޓް ސެކްޓްރީ ސުލްތާނާ ވިދާޅުވީ އެ ސިޓީ މިހާރު ސްޕްރިމް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އެ އިސްލާހު ބާތިލުކުރަން މީގެ ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ޙުސައިނެވެ. ފެބްރުއަރީ 17 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އޭނާގެ ފަރާތުން ވަކާލާތު ކުރައްވަމުން، ޤާނޫނީ ވަކީލު މަޙްފޫޒް ސަޢީދު ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީއަށް ގެނެވުނު 6 ވަނަ އިސްލާހަކީ ޤާނޫނުއަސާސީގެ 75 ވަނަ އަދި 90 ވަނަ މާއްދާއާ ފުށުއަރާ، އަދި ތިން ބާރު ވަކިވާ ގޮތަށް އަސާސްތައް ބައްޓަންވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާ ގޮތަށް ގެނެވިފައިވާ އިސްލާހެއް ކަމަށެވެ.
މަޙްފޫޒް އެދިވަޑައިގެންފައިވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނެވުނު އިސްލާހު ބާޠިލުކޮށްދިނުމަށާއި، އެ އިސްލާހު ދެމިއޮންނަ މުއްދަތުގައި 20 ވަނަ މަޖިލީހުގެ މެންބަރުންގެ މައްޗަށް އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ. އެ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުން ވަނީ އިޖުރާއީ ގޮތުން މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވުމުން ސުޕްރީމް ކޯޓުގެ އިހުތިސޯސާ މެދު ދައުލަތުން ހުށަހެޅި ނުކުތާއަށް ގޮތް ނިންމަވާނީ މުޅި މައްސަލަ ބެއްލެވުމަށް ފަހުގައި ކަމަށް ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވަނީ ވިދާޅުވެފައެވެ.
ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު އިސްލާހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި އިސްލާހާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ މި ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވިފައިވާ ކަމަށާއި، ސިޔާސީ ތަޢައްޞުބުތަކުން އެއްކިބާވެ ވިސްނައިފި ކޮންމެ ރައްޔިތަކަށް މިކަން ފަހުމުވާނެ ކަމަށެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދިއުމަށް ނިންމި ފަހުން، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ހަތަރަކަށް މަދުކުރަން ޖެހޭ ގޮތަށް ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ބިލެއް ވެސް ވަނީ ފާސްކޮށްފައެވެ. ނަމަވެސް މި ބިލު މިހާތަނަށް އަދި ތަޞްދީޤެއް ނުކުރެއެވެ.
މި މައްސަލައިގައި ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ބޭއްވުމަށް ތާވަލުކުރެވިފައި ވަނިކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައެވެ. އެއީ ފަނޑިޔާރު ޙުސްނުއްސުޢޫދާއި ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. ޢަޒްމިރާލްދާ ޒާހިރެ ޒާހިރެވެ. މި ފަނޑިޔާރުން ސަސްޕެންޑްކުރީ އެ ބޭފުޅުންނާ ގުޅޭ ޖިނާއީ ތަޙުޤީޤެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާތީ ކަމަށް ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
މުހިއްމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިޔާއާއެކު މަޝްވަރާކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އޮސްޓްރޭލިއާގެ ޚާއްސަ މަންދޫބު ޓިމް ވަޓްސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، ދެ ގައުމުގެ...
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
