
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އިން ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ އިންކުއަރީއެއް ފަށައިފިއެވެ. ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ޚާއްޞަ އިންކުއަރީއެއް ފެށުނު ކަމުގެ މަޢުލޫމާތު ހާމަކުރެވުނީ އިއްޔެ ތިނަދޫ ސިޓީ ކައުންސިލާއި އެލް.ޖީ.އޭ އާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.
އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހު 9 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލާއި ގުޅޭ އިންކުއަރިއެއް ހަދަން ނިންމާފައިވާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައި ނުވެއެވެ.

އެހެންނަމަވެސް މި އިންކުއަރީގެ ސަބަބުން ތިނަދޫ ސިޓީގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިވާނެ ކަމަށް ގިނަ ފަރާތްތަކުން އުއްމީދު ކުރެއެވެ. ފަހަކަށް އައިސް ތިނަދޫ ސިޓީ ކައުންސިލުގެ މައްސަލަތައް އޭސީސީން ވެސް ބަލަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު އަލީއާ ގުޅުން ހުރި މައްސަލައެއް ވެސް އޭސީސީން ދަނީ ތަހުޤީގުކުރަމުންނެވެ. އަދި ތިނަދޫ ސިޓީގައި ގާއިމުކޮށްފައިވާ ހައުސިން ޔުނިޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ސިޓީ ކައުންސިލުން ހުޅުވާލީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ހުއްދަ ނުހޯދައެވެ.
މީގެ އިތުރުން ތިނަދޫ ބަނދަރުމަތީގައި ބަހައްޓާފައިވާ ދެ މޮނިއުމަންޓުގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ވެސް ވަނީ އޭސީސީގައެވެ.

ސައުދު އަލީގެ އަމަލުތައް ހުންނަ ގޮތުން އޭނާ މިހާރު ހައްޔަރު ކުރަން ޖެހޭ ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ވެސް ވަނީ ވިދާޅުވެފައެވެ. މެންބަރު މިހެން ވިދާޅުވީ ސަރުކާރުގެ އިސް މަޤާމެއްގައި ހުރެ ސަރުކާރުގެ މުއައްސަސާއެއް ކުށްވެރިކޮށް މޭޔަރު ސައުދު ސޮއިކޮށް ކައުންސިލުން ނެރުނު ބަޔާނާއި ގުޅިގެންނެވެ. މިފަދަ އެލްޖީއޭއިން އިންކުއަރީއެއް ހިންގަނީ ގިނަ މައްސަލަތައް ފެންމަތިވަމުން އަންނާތީ ކަމަށް ބެލެވެއެވެ.
About Post Author
މާދަމާ ނިއުސް
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
މުހިއްމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިޔާއާއެކު މަޝްވަރާކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އޮސްޓްރޭލިއާގެ ޚާއްސަ މަންދޫބު ޓިމް ވަޓްސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، ދެ ގައުމުގެ...
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
