
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ރާއްޖޭން ފޮނުވަން ނިންމާފައިވާ މަސްދަޅުތަކުގެ ފުރަތަމަ ޝިޕްމެންޓް ޣައްޒާއަށް އެތެރެކޮށްފައިވާކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ވަނީ ރާއްޖޭގެ ފޮރިން ސަރވިސަސް ޤާނޫނު ނިޔާކުރާގޮތުން ދިވެހި ދައުލަތުން ބޭރު ދައުލަތްތައް ޤަބޫލުކުރުމާއި އެ ޤަބޫލުކުރުން އަނބުރާ ގެންދިޔުމާއި ގުޅޭގޮތުން ބޭރު ޤައުމުތަކާއެު ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކުރުމާއި ޤާއިމުކޮށްފައި އޮތް ސިޔާސީ ގުޅުން ކަނޑާލުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީ، ރައީސުލްޖުމްހޫރިއްޔާގެ ނިންމުންތައް ތަންފީޒު ކުރުމަކީ މިނިސްޓަރުގެ މައްސޫލިއްޔަތެއް ކަމަށްވީނަމަވެސް އިސްރާއިލް ޕާސްޕޯޓާއެކު ރާއްޖެއަށް އެތެރެވުން މަނާކުރުމަށް 2 ޖޫން 2024 ގައި ނިންމި ނިންމުން އަދިވެސް ތަންފީޒު ނުވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ.
މި ސުވާލަށް ޖަވާބު ދެއްވުމަށްފަހު މިނިސްޓަރު ވަނީ އިސްރާއިލުން ފަލަސްތީނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާތައް ސަރުކާރުން ކުށްވެރިކޮށް އެފަދަ ކަންކަން ހުއްޓާލުމަށާއި ފަލަސްތީނަށް އެހީވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ހަދިޔާކުރި ދެ މިލިއަން މަސްދަޅުގެ ތެރެއިން ތިންލައްކަ ހަތްދިހަ ހަތަރު ހާސް ހަތަރު ސަތޭކަ މަސްދަޅު މިސްރުގެ ރެޑް ކްރެސެންޓު މެދުވެރިކޮށް 13 ފެބްރުއަރީ 2025 ގައި ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސްދަޅު ކޭސް ފޮނުވާއިރު، މި ސަރުކާރުން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި، “ފަލަސްތީނާއެކު ދިވެހީން”ގެ ނަމުގައި ޓެލެތޯނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ޓެލެތޯނުން ލިބުނު 19 މިލިއަން ރުފިޔާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް، ސީދާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ)ގެ އެކައުންޓަށް ސަރުކާރުގެ ފަރާތުން ޖަމަކޮށްދީފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
About Post Author
މާދަމާ ނިއުސް
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
މުހިއްމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިޔާއާއެކު މަޝްވަރާކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އޮސްޓްރޭލިއާގެ ޚާއްސަ މަންދޫބު ޓިމް ވަޓްސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، ދެ ގައުމުގެ...
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
