
32 ރަށެއްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފިއެވެ. ވެމްކޯއާ މި މަސައްކަތް ހަވާލުކުރުމަށް ޓަކައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްއާ ދެމެދު މިއަދު ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް 2 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުުރުމުގެ މަސައްކަތް ވެމްކޯއާ ވަނީ ހަވާލުކޮށްފައެވެ.
މި ރަށްތަކުގެ މަސައްކަތްތައް މިއަހަރުގެ 3 ވަނަ ކުއާޓާގެ ނިޔަލަށް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކުރި ރަށްތަކަކީ:
ހއ. ދިއްދޫ
ހއ. ހޯރަފުށި
ހއ. އިހަވަންދޫ
ހއ. ވަށަފަރު
ހދ. ކުޅުދުއްފުށިސިޓީ
ކ. ދިއްފުށި
ކ. ގާފަރު
ކ. ގުޅި
މ. މަޑުއްވަރީ
މ. ނާލާފުށި
މ. ރަތްމަންދޫ
މ. ވޭވަށް
ފ. ބިލެތްދޫ
ފ. ދަރަނބޫދޫ
ފ. ފީއަލި
ތ. ދިޔަމިގިލި
ތ. ގާދިއްފުށި
ތ. ހިރިލަންދޫ
ތ. ކަނޑޫދޫ
ތ. ވޭމަންޑޫ
ތ. ވިލުފުށި
ލ. ހިތާދޫ
ލ. އިސްދޫ
ލ. ކަލައިދޫ
ލ. ކުނަހަންދޫ
ލ. މާބައިދޫ
ލ. މާމެންދޫ
ލ. މާވަށް
ލ. މުންދޫ
ގދ. ތިނަދޫ ސިޓީީ
ޏ. ފުވައްމުލަށް ސިޓީ
ސ. ހުޅުމީދޫ
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ މިއަހަރުގެ ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖްކުރާނެ ނިޒާމާއި ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓްރީން ހަދާފައިވާ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައިވާ އަމާޒަށް ވާސިލްވުމަށް ޓަކައި 128 ރަށެއްގައި ކުނި މެނޭޖްކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ނުވަތަ އަޕްގްރޭޑް ކުރަންޖެހެއެވެ. އަދި ވަރަށް ކައިރި މުސްތަޤްބަލެއްގައި ބާކީ ހުރި ރަށްތަކުގެ މަސައްކަތް ވެސް ސަރުކާރު ހިއްސާވާ އެހެން ކުންފުނިތައް ކަމަށްވާ ފެނަކަ، އެމްޓީސީސީ، އާރްޑީސީއާ ހަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމުތައް މުޅި ރާއްޖޭގައި ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ މަސައްކަތެކެވެ.
About Post Author
މާދަމާ ނިއުސް
“ކޯސްޓްގާޑް ޝިޕް އިމާދުއްދީން” ކޮމިޝަންކޮށްފި
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކޮމިޝަންކޮށްދެއްވައިފިއެވެ. މިއީ ރާއްޖޭގެ ދިފާއީ ވަސީލަތްތައް ވަރުގަދަކުރުމަށް ސަރުކާރުން...
“އެމްޓީސީސީގެ ގިނަ މަޝްރޫޢުތަކެއް އަންނަ އަހަރު ނިންމަނީ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވި ގޮތުގައި އެ ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 719...
“އެންމެ ބޮޑު އިޖުތިމާޢީ 3 މައްސަލައަށް ދާއިމީ ހައްލު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް...
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޖަޕާނު ސަރުކާރުގެ އެހީގައި ވިލިމާލޭގައި ތަރައްގީކުރި ސިފައިންގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ އައު އިމާރާތް...
މުހިއްމު ދާއިރާތަކަކުން ގުޅުން ބަދަހިކުރުމަށް އޮސްޓްރޭލިޔާއާއެކު މަޝްވަރާކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޙާރިޖީ ވުޒާރާ) ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އޮސްޓްރޭލިއާގެ ޚާއްސަ މަންދޫބު ޓިމް ވަޓްސް ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، ދެ ގައުމުގެ...
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
