Read Time:2 Minute, 6 Second

 

 

ގާނޫނުއަސާސީ އިސްލާހުކުރުމާ ގުޅޭގޮތުން ކުރީގެ ރައީސް ނަޝީދާއި ފައްޔާޒު އިސްމާއިލް ހުށަހަޅުއްވާ ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއް ނޫން ކަމަށާއި، މިހާރު އޮތް ގާނޫނުއަސާސީގެ ބައެއް މާއްދާތައް އިތުރަށް ތަފްސީލުކޮށް މާނަކުރުމުން ގިނަ މައްސަލަތައް ހައްލުވާނެ ކަމަށް ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކުރީގެ މުގައްރިރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ. ނަޝީދާއި ފައްޔާޒު ހުށަހަޅުއްވަނީ ދައުލަތުގެ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާ ވަކިކޮށް، “މަސްހުނި ނިޒާމެއް” ތައާރަފްކުރުމަށެވެ. ނަމަވެސް އިބްރާ ފާހަގަކުރެއްވި ގޮތުގައި މިހާރު އޮތް ގާނޫނުއަސާސީއަކީ ބައިނަލްއަގުވާމީ މާހިރުންގެ އެހީތެރިކަމާ އެކު ފުރިހަމައަށް އެކުލަވާލާފައިވާ ލިޔުމެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބޮޑެތި ބަދަލުތަކުގެ ބަދަލުގައި ބޭނުންވަނީ އޮޅުންއަރާ މާއްދާތައް ސާފުކުރުމާއި ސުޕްރީމް ކޯޓުން ރަނގަޅު މާނަކުރުންތަކެއް ގެނައުމެވެ. ނަޝީދުމެންގެ ހުށަހެޅުމުގައި ދައުލަތުގެ ވެރިޔާ ހޮވުމާއި، ފަނޑިޔާރުން ވަކިކުރުމުގައި ރައްޔިތުންގެ ވޯޓު ހޯދުން ފަދަ ކަންކަން ހިމެނެއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %