
ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް، ކޮމިޓީގެ 10 މެމްބަރުންގެ އިއްތިފާގުން އައްޔަންކޮށްފިއެވެ. މި މަގާމު ހުސްވީ ކުރިން މުޤައްރިރުކަމުގައި ހުންނެވި އިބްރާހިމް ފަލާހުގެ ބަދަލުގައި ކޮމިޓީއަށް ހުސްނީ މުބާރިކް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. ޖުމްލަ 11 މެމްބަރުން ހިމެނޭ މި ކޮމިޓީގެ އާ މުޤައްރިރު ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށާއި، މަޖިލީހަށް ހުށަހެޅިފައިވާ ގެދޮރުވެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ. މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ބަލައި، ރައްޔިތުންނަށް ދިމާވާ ގެދޮރުވެރިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރަށް ލަފާދިނުމެވެ.
About Post Author
މާދަމާ ނިއުސް
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
ހިޖުރީ އައު އަހަރުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ރައީސް ފޮނުއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ދިވެހި ރައްޔިތުންނަށް ތަހުނިޔާ...
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ޖަޕާނާއެކު ގުޅުން ބަދަހިކުރަނީ
ރާއްޖޭން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު މަހްލޫފް، ޖަޕާނުގެ އެގްރިކަލްޗަރ މިނިސްޓަރު ނޮރިކަޒޫ ސުޒުކީއާ ބައްދަލުކުރައްވައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ދެ ގައުމުގެ...
“އަމާޒަކީ ގައިދީންނަކީ މުޖުތަމަޢު ބަލައިގަންނަ މަސައްކަތްތެރި މީހުންނަށް ހެދުން”
(ފޮޓޯ ކްރެޑިޓްސް: ކަރެކްޝަންސް) ޖަލުން ނިކުންނަ ގައިދީންނަކީ މުޖުތަމަޢު ބަލައިގަންނަ، މަސައްކަތްތެރި ބަޔަކަށް ހެދުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން 10 ކޯހެއް އަލަށް އިފްތިތާހުކޮށްފިއެވެ....
