Read Time:2 Minute, 4 Second

 

 

އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި ގޮތުގައި، މި ބަދަލާއެކު މުޅި އޮޕަރޭޝަންގެ 80 އިންސައްތަ ތިލަފުއްޓަށް ބަދަލުވި ނަމަވެސް، ބާކީ ހުރި ބައެއް ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖާއި ޓީޖެޓީ ސަރަހައްދުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

 

 

މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި، ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަކީ މިހާރުގެ ބަނދަރަށްވުރެ 10 ގުނަ ބޮޑު ބިމެއްގައި، 3 ގުނަ ދިގު މަގަތުފާލަމަކާއެކު ހަދާ ތަނެކެވެ. އައު ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާނީ ޒަމާނީ ޑިޖިޓަލް ވަސީލަތްތަކާއެކު ކަމަށްވުމުން، މުދާ ބަރުކުރުމާއި ބޭލުމުގެ ޚިދުމަތް އަވަސްވެ، ތަކެތީގެ އަގު ހެޔޮވުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން، އިންޑަސްޓްރިއަލް ވިލެޖާއި ތިލަފުށިން އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދޫކޮށް، ރޯރޯ ފެރީގެ ޚިދުމަތްވެސް ތަޢާރަފްކުރުމަށް ވަނީ ރޭވިފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %