
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް)
ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް ރާއްޖެއަށް ފައިސާ ލިބޭނެ ގޮތެއް ނެތުމެވެ. ނަމަވެސް، މި ސަރުކާރުން އިސްނަގައިގެން ކުރި މަސައްކަތްތަކާއި، އުރީދޫ މޯލްޑިވްސްއިން ތިން އަހަރު ވަންދެން ކުރި ފަންނީ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިހާރު ވަނީ އުރީދޫ ‘އެމްފައިސާ’ މެދުވެރިކޮށް ޕޭޕަލްގެ އިންވާޑް ރެމިޓެންސް (ބޭރުން ފައިސާ ލިބޭ) ޚިދުމަތް ރާއްޖެއަށް ތަޢާރަފްކޮށްފައެވެ.
މި ޚިދުމަތް ހޯދުމަށްޓަކައި އެމްފައިސާ އެކައުންޓެއް ހުޅުވައި، ޕޭޕަލް އެކައުންޓާ ގުޅާލުމުން، ބޭރުގެ ކަސްޓަމަރުން ފޮނުވާ ފައިސާ އެމްފައިސާ ވޮލެޓަށް ލިބޭނެއެވެ. އަދި އެ ފައިސާ ވަގުތުން ބޭންކް އެކައުންޓަށް ބަދަލުކޮށް އޭޓީއެމް މެދުވެރިކޮށް ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ. މިއީ ފްރީލާންސަރުންނާއި ކުދި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއަށްދިއުމަށް ހުޅުވިގެންދިޔަ ބޮޑު ފުރުޞަތެކެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ އިތުރު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގެ އިޤްތިޞާދު ބައިނަލްއަޤްވާމީ މާކެޓާ ގުޅާލުމެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
