
އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ސިޓީން ދެން އަމާޒު ހިފާނީ ތައްޓަށް ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. އޭނާ މިހެން ބުނީ ޓޭބަލުގެ އެއްވަނާގައިވާ އާސެނަލް އަތުން އަމިއްލަ ދަނޑުގައި މުހިންމު ތިން ޕޮއިންޓް ހޯދުމަށްފަހު އެވެ. މި މޮޅާއެކު ގާޑިއޯލާގެ ޓީމަށް މިހާރު ވަނީ އާސެނަލް ފަހާލައި އެއްވަނަ އަށް އެރުމުގެ އަމިއްލަ ބާރު ލިބިފަ އެވެ. ނަމަވެސް އޭނާ ބުނީ އާސެނަލް އަކީ އަދި އެއްވަނަ ޓީމު ކަމަށެވެ. “ބަލާ. ކޮން ބައެއް ޓޭބަލުގެ އެއްވަނާގައިވަނީ. ބަލާ ކޮން ބައެއް ގޯލުގެ ތަފާތުން ކުރީގައި އުޅެނީ. އެކަމަކު އަހަރުމެންނަށް މި މެޗުން ހޯދުނީ ވަރަށް މުހިންމު މޮޅެއް ދެން އަހަރުމެން އަމާޒު ހިފާނީ ތައްޓަށް. ފަހަރަކު ކަމެއް ކުރާނީ،” ގާޑިއޯލާ ބުންޏެވެ.
ސިޓީ އަށް 10 ސީޒަނުން ހަ ފަހަރު ޕްރެމިއާ ލީގު ކާމިޔާބު ކޮށްދިން ކޯޗު ބުނީ އާސެނަލް އާއި ސިޓީ އަކީ މިވަގުތު ޕްރެމިއާ ލީގުގެ އެންމެ މޮޅު ދެ ޓީމު ކަމަށެވެ. “މިއީ އެންމެ މޮޅު ދެ ޓީމު. ވަރަށް ވާދަވެރި މެޗެއް ފެނިގެން މިދިޔައީ. ދެ ޓީމު ވެސް ވަރަށް ރަނގަޅަށް މާކް ކޮށްގެން ކުޅުނީ. އެމީހުން ވެސް އެހާ އެޓޭކް ވަރުގަދަ. އަހަރުމެން މެޗުގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވުނީމަ މޮޅުވެވުނީ. މިއީ މުޅި ދުނިޔެ އަށް ވެސް ވަރަށް ރަނގަޅު މެޗެއް ފެނިގެން މިދިޔައީ،” ގާޑިއޯލާ ބުންޏެވެ. ސިޓީ މޮޅުކޮށްދިން ލަނޑު ޖަހައިދިން ފޯވަޑް އާލިން ހާލަންޑް މެޗަށް ފަހު ބުނީ މި މެޗުން މޮޅުވުމުން އޭނާ އުފާވެފައި ހުރީ ކިހާ ވަރަކަށް އެންމެނަށް ވެސް ފެންނާނެ ކަމަށެވެ. “އަހަރުމެން ވަރަށް މަސައްކަތް ކުރިން. އަހަރެން ވެސް ކުރެވުނު ހުރިހާ ކަމެއް ކުރިން. މިހާރު އަހަރުމެންނަށް ފުރުސަތު އެބައޮތް،” ހާލަންޑް މެޗަށް ފަހު ބުންޏެވެ.
ނަމަވެސް ގާޑިއޯލާ ބުނީ ކުރިއަށް އޮތް ހަ މެޗު ފަސޭހަ ނުވާނެ ކަމަށާއި ހާއްސަކޮށް ރަށުން ބޭރުގައި ކުޅެން ޖެހޭ ހަތަރު މެޗު އޮތުމަކީ ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭނެ ކަމެއް ކަމަށެވެ. މި ވަގުތު އާސެނަލް އެއްވާނާގައިވަނީ 70 ޕޮއިންޓާއެކުގަ އެވެ. ސިޓީ ދެ ވަނާގައިވަނީ 67 ޕޮއިންޓާއެކުގަ އެވެ. ބާކީ އާސެނަލް އަށް ފަސް މެޗު ސިޓީ އަށް އޮތީ ހަ މެޗެވެ. ފައިދާ ގޯލަށް ބަލާއިރު އާސެނަލް އަށް 37 ގޯލު އަދި ސިޓީ އަށް އޮތީ 36 ގޯލެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު މިރޭގެ މެޗުގައި ފުރަތަމަ ގޯލު ޖެހީ ސިޓީގެ 16 ވަނަ މިނިޓްގައި ރަޔަން ޗެރްކީ އެވެ. މީގެ ބަދަލުގައި ކައި ހަވަރޓްޒް 18 ވަނަ މިނިޓްގައި ލަނޑު ނަތީޖާ ހަމަހަމަ ކުރި އެވެ. ދެ ވަނަ ފަހަރަށް ސިޓީ އަށް ލީޑް ހޯދައިދިނީ 65 ވަނަ މިނިޓްގައި އިތުބާރު ފޯވަޑް އާލިން ހާލަންޑެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
