
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މިނިސްޓަރ އޮފް ޑިފެންސް އަލްފާޟިލް ޙަސަން ރަޝީދަކީ ތ. ވިލުފުށީގެ އިޙްތިރާމްލިބިގެންވާ، ޚިދުމަތްތެރި ޢާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނުގެ ބައްޕަ، އަލްމަރްޙޫމް އިބްރާހީމް ރަޝީދު (ރަޝީދު ކަތީބު) އަކީ 39 އަހަރު ވަންދެން ރަށުގެ ތަރައްޤީއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ޙަސަން ރަޝީދުގެ ޢާއިލާގެ ގިނަ ބޭފުޅުންނަކީ ދިވެހި ސިޔާސީ އަދި ދީނީ ދާއިރާގައި ފާހަގަކޮށްލެވޭ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންނެވެ.
ޙަސަން ރަޝީދު ތަޢުލީމް ޙާޞިލުކުރެއްވީ މާލޭ އިންގްލިޝް ސްކޫލުންނާއި، ލީޑަރޝިޕް އަދި މެނޭޖުމަންޓްގެ ދާއިރާއިންނެވެ. އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ފެށުމަކީ ދިވެހި ސިފައިންގެ ބާރެވެ. ވަކިން ޚާއްޞަކޮށް، ނޮވެމްބަރު 3 ގެ އުދުވާނީ ޙަމަލާގައި ޤައުމު ދިފާޢުކުރުމުގައި އެމަނިކުފާނު ދެއްކެވި ހިތްވަރަކީ ފާހަގަކޮށްލެވޭ ކަމެކެވެ. ސިފައިންގެ ޚިދުމަތަށްފަހު ވިޔަފާރީގެ ދާއިރާގައާއި، ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުތަކުގައި އެމަނިކުފާނު ވަނީ އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއެކު ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވާފައިވާ ޙަސަން ރަޝީދަކީ ތަޖުރިބާކާރު، ޤާބިލު އަދި މަސައްކަތުގެ އަޚުލާޤު ހަރުދަނާ ބޭފުޅެކެވެ. ކޮންމެ މަޤާމެއްގައި ހުންނެވި ނަމަވެސް، އެމަނިކުފާނު އަބަދުވެސް އިސްކަންދެއްވަނީ ދީނީ ވަހުދަތާއި، ޤައުމީ ލޯތްބާއި، ރައްޔިތުންގެ ލާބައަށެވެ.
About Post Author
މާދަމާ ނިއުސް
ދެ އަހަރާ ބައިގެ ތެރޭގައި ސާބިތުކޮށްދެއްވީ ދަރަނީގެ ދަންތުރައިން ރާއްޖެ ސަލާމަތްކުރެވޭނެކަން!
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ކުރީގެ ސަރުކާރުތަކުން ވާރުތަވެފައިވާ ބޮޑު ދަރަނި ދެއްކުމުގައި މިހާރުގެ ސަރުކާރުން އަންނަނީ ނަތީޖާ ނެރެދެމުންނެވެ. އެގޮތުން ފާއިތުވި 10...
ޕޭޕަލް: ސަރުކާރުން ކޮށައިދިން މަގާއެކު ތަނަވަސް ދޮރެއް
(ފޮޓޯ ކްރެޑީޓްސް: ރައީސް އޮފީސް) ދިވެހިންގެ ހުނަރު ބައިނަލްއަޤްވާމީ މާކެޓަށް ވިއްކައިގެން ޑޮލަރުން އާމްދަނީ ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ޕޭޕަލް މެދުވެރިކޮށް...
އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ފަލަސްޠީނުގެ ޙައްޤުގައި ރާއްޖެއިން ވަކާލާތުކުރާނެ
ޖޫން 15 އިން ޖުލައި 7 އަށް ބާއްވާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ ސެޝަންގައި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ވަރުގަދައަށް...
ރައީސް ތަފްސީލު ކޮށްދެއްވީ ދެފިކުރުގެ ތަފާތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ގެންގުޅުއްވާ "ގައުމީ ފިކުރު" އާއި އިދިކޮޅު ފަރާތްތަކުގެ "ފަނާކުރަނިވި ފިކުރު" ހުރި ތަފާތުތައް ތަފްސީލުކޮށްދެއްވާފައެވެ. ރައީސް...
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމަކީ ކުދި ވިޔަފާރިތަކަށް ލިބުނު ކުރިއެރުމެއް: ބީސީސީ
(ފޮޓޯ ކްރެޑިޓްސް: އިޤްތިޞާދީ ވުޒާރާ) އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ތައާރަފްކުރުމަކީ ކުދި ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް...
“ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރެންޖެހޭ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި...
