
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިއެޓްނާމްގެ މެދުތެރޭ ސަރަޙައްދުތަކަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 55އަށް އުފުލިއްޖެއެވެ. އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، މޫސުން ގޯސްވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި ގެއްލިފައިވާ ކަމަށް ބެލެވޭ އިތުރު 13 މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައެވެ. ވިއެޓްމާންގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ޤައުމުގެ މެދުތެރޭ ސަރަޙައްދުތަކަށް 1,900 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައެވެ. ކޮފީ ދަނޑުތަކާއި މޫދަށް އެރޭ ސަރަޙައްދުތައް ގިނަ އެ ސަރަޙައްދަކީ މޫސުން ގޯސްވެ، ތޫފާންތައް ޢާންމު އަރާ ހިސާބެކެވެ. ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ދަކް ލަކް ޕުރޮވިންސާއި ހައިން ހޮވާ ޕުރޮވިންސުގެ ސަރަޙައްދުތަކަށެވެ. އެ ސަރަޙައްދުތަކުގައި ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާ މީހުންގެ އަދަދު 300,000 އަށް އަރައެވެ. އެއީ، ފަތުރުވެރިންގެ މެދުގައި މަޤުބޫލު ސަރަޙައްދުތަކެކެވެ.
ވިއެޓްނާމްގެ ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، މަރުވި މީހުންގެ ތެރޭގައި ގިނައީ ދަކް ލަކް ޕުރޮވިންސުގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ކަމުގައެވެ. މި ގޮތުން، އެ ޕުރޮވިންސުން 27 މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، ހައިން ހޮވާ ޕުރޮވިންސުން އިތުރު 14 މީހުން މަރުވެފައިވާ ކަމުގައި އެ އިދާރާއިން ރިޕޯޓު ކުރިއެވެ. ވިއެޓްނާމްގެ ސަރުކާރުން ބުނީ ފެންބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުމުގެ އަގު 341 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ. ފެންބޮޑުވާ ގުޅިގެން ގެއްލުން ލިބިފައިވާ ގޭގެ އަދަދު 235,000އަށް އަރައެވެ. އަދި، 80 ހެކްޓަރުގެ ދަނޑުބިން ހަލާކުވެފައިވާ ކަމުގައި ވެސް އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ހާމަކުރިއެވެ. ބިންގަނޑު ކެނޑުމުގެ ހާދިސާތައް ކުރިމަތިވެފައި ވަނީ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ދާ ލާތު ސަރަޙައްދުގައެވެ. ފެންބޮޑުވުމާ ގުޅިގެން ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ވިއެޓްނާމްގެ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޫބަރު މަހާ ދެމެދު ވިއެޓްނާމަށް ކުރިމަތިވި ޤުދުރަތީ ކާރިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 279އަށް އުފުލިފައެވެ. އަދި، ލިބިފައިވާ ގެއްލުމުގެ އަގު 2 ބިލިޔަން އެމެރިކާ ޑޮލަރަށް އު
ފުލިފައިވާ ކަމުގައި އެ ޤައުމުގެ ތަފާސްހިސާބުތައް ބަލަހައްޓާ އިދާރާއިން ހާމަކުރިއެވެ.
About Post Author
މާދަމާ ނިއުސް
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
ނުއަގުގައި އެއްވެސް ރަށެއް ނުވިއްކާނަން: އެމްޓީޑީސީ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކުއްޔަށް ހިފާފައިވާ ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅީގެ ހެޑްލީސް ހައްގުތައް ވިއްކާލުމަށް...
ޤަވާއިދާ ޚިލާފަށް ހިންގި 107 ވިޔަފާރިއެއް ބަންދުކޮށްފި
(ފޮޓޯ ކްރެޑިޓްސް: އިމިިގްރޭޝަން) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުމަށް އެކުލަވާލާފައިވާ ޚާއްސަ ޓާސްކް ފޯހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، މިހާތަނަށް 247...
ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށް
(ފޮޓޯ ކްރެޑިޓްސް: ހުރަވަޅި މޯލްޑިވްސް) މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން %73 ނުވަތަ 9 ލައްކައަށްވުރެ ގިނަ...
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
