
(ފޮޓޯ ކްރެޑިޓްސް: ހުރަވަޅި މޯލްޑިވްސް)
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން %73 ނުވަތަ 9 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި އޮޕަރޭޓްކުރާ 179 ރިސޯޓަކީ ފަތުރުވެރިންނަށް ޚިދުމަތްދޭ އެނދުގެ %67 ހިއްސާކުރާ ތަންތަނެވެ. ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި 2.7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން މަޑުކޮށްފައިވާއިރު، ހޮޓާ އަދި ސަފާރީތަކުގައިވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. ނިމިދިޔަ ޖުލައި މަހަކީ ފަތުރުވެރިކަން ރަނގަޅުވި މަހެއް ކަމުގައިވީނަމަވެސް، މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު ކުޑަ ދަށްވުމެކެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5،924 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
About Post Author
މާދަމާ ނިއުސް
ފަވަރަ ޔޫޕީއައި ގުޅާލުން: މި ނިޒާމު މަސައްކަތް ކުރަނީ ކިހިނެއް؟
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ...
ވައިގެ ދަތުރުފަތުރުގެ އިތުރު ދެ އެއްބަސްވުމެއްގެ މަސައްކަތް ކުރިއަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް...
ނުއަގުގައި އެއްވެސް ރަށެއް ނުވިއްކާނަން: އެމްޓީޑީސީ
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކުއްޔަށް ހިފާފައިވާ ހދ. ނާގޯށި، ގދ. މަގުއްދުވާ އަދި ބ. ކިހަވައްހުރަވަޅީގެ ހެޑްލީސް ހައްގުތައް ވިއްކާލުމަށް...
ޤަވާއިދާ ޚިލާފަށް ހިންގި 107 ވިޔަފާރިއެއް ބަންދުކޮށްފި
(ފޮޓޯ ކްރެޑިޓްސް: އިމިިގްރޭޝަން) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ހިންގާ ބިދޭސީންގެ ވިޔަފާރިތައް ހުއްޓުވުމަށް އެކުލަވާލާފައިވާ ޚާއްސަ ޓާސްކް ފޯހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި، މިހާތަނަށް 247...
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
