Read Time:2 Minute, 35 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

އިންޑިއާގައި ދިރިއުޅޭ އަދި ބޭސްފަރުވާއާއި ތައުލީމަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އިންތިޒާމު މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން މިވަނީ ހަމަޖައްސާފައެވެ. ރާއްޖޭގެ “ފަވަރަ” ސިސްޓަމް އިންޑިއާގެ “ޔޫޕީއައި” އާ ގުޅާލުމުން، ކުރިން ރެމިޓެންސް ކައުންޓަރުތަކުން ފައިސާ ފޮނުވުމުގައި ދިމާވި ލަސްވުމާއި ގިނަ ފީތަކުގެ ތަކުލީފުތަކަށް ވަނީ ހައްލެއް ލިބިފައެވެ. މިހާރު ކޮންމެ މީހަކަށްވެސް ބޭންކިންގ އެޕް މެދުވެރިކޮށް ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭނެއެވެ.

 

 

މި ނިޒާމުގެ ތެރެއިން ފައިސާ ފޮނުވާއިރު، ފައިސާ ލިބޭ ފަރާތުގެ ނަމާއި، އެވަގުތުގެ އެކްސްޗޭންޖް ރޭޓް އަދި ބޭންކުން ނަގާ ފީ ކަށަވަރުކުރެވޭނެއެވެ. މިއީ ރައްކާތެރިކަން ކަށަވަރުކޮށްދޭ، އޮޅިގެން ނުބައި އެކައުންޓަކަށް ފައިސާ ފޮނުވުން ހުއްޓުވައިދޭ ނިޒާމެކެވެ. ފުރަތަމަ މަރުހަލާގައި މަހަކު ގާތްގަނޑަކަށް 250 ޑޮލަރާ ހަމައަށް ފައިސާ ފޮނުވޭއިރު، ކުރިއަށް އޮތްތަނުގައި އިންޑިއާގެ ފިހާރަތަކާއި ރެސްޓޯރަންޓުތަކަށް ކިއު.އާރް ކޯޑު މެދުވެރިކޮށް ސީދާ ފައިސާ ދެއްކޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ. މިއީ އާންމުކޮށް ބޭނުންކުރާ ބޭންކިންގ އެޕްތަކުން ލިބޭ ހިދުމަތަކަށް ވުމުން، މިއީ އެންމެންނަށްވެސް ބޭނުންކުރަން ފަސޭހަ އަދި އިތުބާރު ހުރި ނިޒާމެކެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %