Read Time:2 Minute, 3 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި ވައިގެ ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށްޓަކައި، އިތުރު ދެ އެއަރ ސަރވިސް އެގްރީމެންޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މިފަދަ އެއްބަސްވުންތަކުގެ ދަށުން ލިބޭ ޓްރެފިކް ރައިޓްސްގެ ބޭނުން ހިފައި، މިހާރު ފަތުރުވެރިން އަންނަ މާކެޓުތަކުގެ އިތުރުން އާ މަންޒިލްތަކުން ރާއްޖެއަށް ދަތުރުތައް ފެށުމެވެ. މި މަސައްކަތްތަކުގެ ނަތީޖާ މާލަސްތަކެއްނުވެ ފެންނާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ. ރާއްޖެއިން ދާދިފަހުން ވަނީ އިތިއޯޕިޔާ އާއި އޮސްޓްރޭލިއާއާއެކު މިފަދަ އެއްބަސްވުންތައް ގާއިމުކޮށް، ސީދާ ދަތުރުތައް ފެށުމަށް މަގުފަހިކޮށްފައެވެ. އިންޓަނޭޝަނަލް އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތަކާއި ސީޓުގެ އަދަދު ކަނޑައަޅާ މި އެއްބަސްވުންތަކަކީ ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %