
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުން ދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު އެއްބަސްވުމަކަށް ޢަމަލުކުރަން ފެށި ފަހުން ޣައްޒާއަށް ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށާއި، ނަމަވެސް އެއީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެތީގެ ހަޤީޤީ މިންވަރަށްވުރެ ބޮޑުތަނުން މަދު ޢަދަދެއް ކަމަށް ދުނިޔޭގެ ކާބޯތަކެއްޗާބެހޭ އިދާރާ، ޑަބްލިޔުއެފްޕީން ބުނެފިއެވެ. ޑަބްލިޔުއެފްޕީގެ ތަރުޖަމާނު މާޓިން ޕެނަރ ވިދާޅުވީ އެއްބަސްވުން ޤާއިމްކުރުމުގެ ކުރިން އޮތް ޙާލަތަށް ވުރެ ޣައްޒާގެ ޙާލަތު މިހާރު ރަނގަޅުވެފައިވާ ކަމަށެވެ. ނަމަވެސް ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ ދުޅަ ހެޔޮ ޞިއްޙަތެއް ހޯދައިދިނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނަށް އަދިވެސް އަވަސް ގޮތަކަށް ކާބޯތަކެތީގެ އެހީތެރިކަން ބޭނުންވާ ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ. މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ބަނޑުހައިހޫނުކަން ވަޒަންކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކުން ވަނީ ޣައްޒާގެ ބައި މިލިޔަނެއްހާ ޢާންމުވެގެންވާ ބަނޑުހައިހޫނު ކަމެއް ތަހައްމަލް ކުރަމުންދާ ކަމަށް ބުނެފައެވެ. މި ހަފްތާގެ ކުރީކޮޅު ޣައްޒާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސަހަރުގެ ބައެއް ރައްޔިތުން ފަހަށް ރައްކާކޮށްފައިވާ ބައެއް ކާބޯތަކެތި ވަނީ ގެއްލިފައި ނުވަތަ ހަލާކުވެފައެވެ. ފިނި މޫސުން ބޯމަތިވެފައިވާއިރު ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތައް އެ ކަމުން ވެސް ދޭހަކޮށްދޭ ކަމަށް ޑަބްލިޔުއެފްޕީގެ އިސް ތަރުޖަމާނު، އަބީރު އާތިފް ވި
ދާޅުވިއެވެ.
ދެ އަހަރަށް ދެމިގެންދިޔަ ހަނގުރާމައިގެ ޙާލަތުގައި ޣައްޒާގެ އިމާރާތްތައް ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ. އެ ސަހަރަށް އިންސާނީ ކާރިޘާއެއް ކުރިމަތިވެ، ރައްޔިތުން އުޅެމުން ދަނީ ނުހަނު ދަތި ޙާލަތުގައެވެ. ހަނގުރާމަ ހުއްަޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ޑަބްލިޔުއެފްޕީން ޣައްޒާއަށް 40،000 ޓަނުގެ ކާބޯތަކެތި އެތެރެކޮށްފައިވާ ނަމަވެސް، އެ ޖަމްޢިއްޔާއަށް ފޯރުކޮށްދެވިފައި ވަނީ އަމާޒު ހިފި ޢަދަދުގެ ގާތްހަނޑަކަށް 30 އިންސައްތައެވެ. 1.6 މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އެ އިދާރާއިން މަސައްކަތް ކުރި ނަމަވެސް، އެހީ ލިބިފައި ވަނީ ގާތްގަނޑަކަށް 530،000 މީހުންނަށެވެ. އެދެވޭ މިންވަރަށް ތަކެތި ފޯރުކޮށްދެވިފައި ނުވާ މައިގަނޑު ސަބަބަކީ ތަކެތި އެތެރެކުރުމުގައި މި މަހުގެ ކުރީކޮޅު ކުރިމަތިވި ބައެއް މައްސަލަތައް ކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް މިހާރު ސާމާނު އެތެރެކުރެވޭ މިންވަރު ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ.
ޣައްޒާގެ ބާޒާރުތަކުން ތަކެތި ލިބޭ މިންވަރު ވެސް ކޮންމެވެސް ވަރަކަށް އިތުރުވި ނަމަވެސް ތަކެތީގެ އަގުތައް އަދިވެސް އުޅެނީ އާދަޔާޚިލާފަށް މަތީގައެވެ. މިއީ ހަނގުރާމައިގެ ސަބަބުން އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެކެވެ. ޣައްޒާގައި ކުކުޅެއްގެ އަގު ވެސް 25 ޑޮލަރަށް އަރާއިރު، ރައްޔިތުން ބަރޯސާވާން ޖެހެނީ ކާބޯތަކެތީގެ އެހީއަށް ކަމަށް ޑަބްލިޔުއެފްޕީން ބުނެއެވެ.
About Post Author
މާދަމާ ނިއުސް
“ޢާއްމު ޞިއްޙަތުގެ ރައްކާތެރިކަމަށް ލޭ ހަދިޔާ ކުރުން މުހިއްމު”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، އަމިއްލައަށް އިސްނަގައިގެން...
އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ ނަތީޖާ: ތިނަދޫގައި ފުރަތަމަ ފަހަރަށް ރަހިމުގެ ބޮޑު އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލައިފި
(ފޮޓޯ ކްރެޑިޓްސް: ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލް) ގދ. ތިނަދޫ ސިޓީގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ލެޕަރޮސްކޯޕިކް...
ކަނޑުމަގުން މުދާ ފޮނުވަން ކްލިއަރެންސަށް 10 ދުވަސް
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހަށްވުރެ ގިނަ ވަގުތު ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް...
އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި ޑިޕާޗަރ ޓެކްސް %21 އިތުރު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ، މިދިޔަ...
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޯން މަސްކް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ސްޕޭސްއެކްސް ކުންފުނީގެ ޙިއްޞާގެ އަގު ބޮޑުތަނުން އުފުލުމާ ގުޅިގެން، ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރުގެ މަޤާމު އެ ކުންފުނީގެ ބާނީ...
ކެނެޑާއިން އިތުރު 100 މިލިޔަން ޑޮލަރު ފަލަސްޠީނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ޔަހޫދީންގެ އިސްތިޢުމާރުގެ ދަށުގައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް ކެނެޑާއިން އިތުރު 100 މިލިޔަން އެމެރިކާ ޑޮލަރު...
