
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް 11 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވަނީ މި އަހަރުގެ ދެވަނަ ކުއާޓަރގެ އިކޮނޮމިކް ބުލެޓިން ޝާއިޢުކޮށްފައެވެ. މި ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ ދެވަނަ ކުއާޓަރުގައި އިމާރާތްކުރުމުގެ ދާއިރާއަށް 11.3 އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވާއިރު، ރިއަލް އެސްޓޭޓު ވިޔަފާރީގެ ދާއިރާއަށްވެސް ވަނީ ކުރިއެރުން ލިބިފައެވެ. އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބިފައިވާއިރު، ރާއްޖެއަށް އިމާރާތްކުރުމުގެ ސާމާނު އެތެރެކުރުމަށްކޮށްފައިވާ ހޭދަވެސް ވަނީ 11 އިންސައްތަ އިތުރުވެފައެވެ.
މި ރިޕޯޓްގައިވާ ގޮތުން ކޮމަރޝަލް ބޭންކުތަކުން އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ލޯންގެ އަދަދުވެސް ވަނީ 2 އިންސައްތަ އިތުރުވެފައެވެ. އަދި ލޯން ދިން މިންވަރު ކުރިއަރާފައިވަނީ ގެދޮރު ހެދުމާއި، ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކަށް ދޭ ލޯންތައް އިތުރުވުމާއި ރިސޯޓުތައް މަރާމާތުކުރުމަށާއި ކޮމާޝަލް އިމާރާތްތައް އެޅުމަށްދިން ލޯންތައް އިތުރުވުމުގެ ސަބަބުންކަމަށް އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އިމާރާތްކުރުމުގެ ދާއިރާ ކުރިއެރިއިރު، ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިޤުތިޞާދު ވަނީ 2.5 އިންސައްތައަށް ކުރިއަރާފައެވެ. ރާއްޖޭގެ އިޤުތިޞާދު ކުރިއެރީ އިޤުތިޞާދީ މައިގަނޑު ދާއިރާތައް ވެސް ކުރިއެރުމުންނެވެ.
2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު 4 ފަހަރު އާއްމުކުރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކުއާޓަރލީ އިކޮނޮމިކް ބުލެޓިން ރިޕޯޓަކީ ކުރު މުއްދަތުގައި އިޤްތިޞާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމުގެ މަޤްސަދުގައި ނެރޭ ރިޕޯޓެކެވެ. އެމްއެމްއޭގެ ރިޕޯޓްގައި އިޤްތިޞާދުގައި ހިމެނޭ މައިގަނޑު ހުރިހާ ސިނާޢަތްތަކަށް އަންނަމުންދާ ކުރިއެރުންތަކުގެ ތަފްސީލާއި، އިޤްތިޞާދާއި ގުޅޭ އެހެނިހެން ގިނަ މައުލޫމާތުތަކެއް ހިމަނާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ބިލަށް ބަދަލެއް ނުގެންނަން، ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނަން: ފެނަކަ
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންދާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު...
ސްޓެލްކޯގެ ޗާޓުން ފެންނަނީ ގަދަ ހޫނާ އެކު ކަރަންޓު ބޭނުންކުރުން ވެސް މަތިވާތަން
ރާއްޖޭގައި މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާއިރު، މި ހޫނާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް...
ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއް އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ސަރުކާރުގެ ބަޖެޓުން މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ....
ބުލީކުރުން ހުއްޓުވުމަށް ޤާނޫނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
ބިލްތަކުގައި މައްސަލައެއް ނެތް، ހަމަ ހޫނު ގަދައީ: ފެނަކަ
ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލްތައް ބޮޑުވަނީ ބިލް ހެދުމުގެ މައްސަލައަކުން ނޫން ކަމަށާއި، އެއީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ދިމާވާ ކަމެއް...
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކޮށްފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް ކުރީގެ މިނިސްޓަރުން ކަމަށްވާ އާދަމް ޝަރީފާއި ތޯރިގް އިބްރާހީމްގެ އިތުރުން ކުރީގެ...
