
ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލްތައް ބޮޑުވަނީ ބިލް ހެދުމުގެ މައްސަލައަކުން ނޫން ކަމަށާއި، އެއީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ދިމާވާ ކަމެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން ހާމަކުރި ގޮތުގައި ކޮންމެ އަހަރެއްގެ މާޗް އަދި އޭޕްރީލް މަހު ކަރަންޓު އުފެއްދުމަށް ތެޔޮ އަންދަންޖެހޭ ނިސްބަތް 25 އިންސައްތަ އިތުރުވެއެވެ. މި ދުވަސްވަރު ހޫނުމިން މަތިވުމުގެ ސަބަބުން، އޭސީ ފަދަ ތަކެތި ފިނިކުރަން ގިނަ ހަކަތަ ބޭނުންވުމާއި، ކަރަންޓު ނަރުތައް ހޫނުވުމުން ހަކަތަ އިސްރާފުވުން ފަދަ ކަންކަން މެދުވެރިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ އިތުރުން، ފާއިތުވި ރޯދަމަހު ސަރުކާރުން ދިން ޑިސްކައުންޓާ އެކުވެސް ކަރަންޓު ބޭނުންކުރި މިންވަރު މަތިކޮށް އުޅުމަކީ ބިލް ބޮޑުވާން ދިމާވި ސަބަބެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ފެނަކައިން ބޭނުންކުރާ މީޓަރުތަކަކީ ޓެސްޓުކޮށްފައިވާ އިތުބާރު ހުރި އެއްޗެހި ކަމުގެ ޔަގީންކަން ދެމުން، މައްސަލައެއް އުޅޭ ކަމަށް ފާހަގަވާ ބިލްތައް ޗެކްކޮށްދޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
