
(ފޮޓޯ ކްރެޑިޓްސް: މަންހަތަން)
ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ “މަންހަޓަން ގްރޭންޑް ހޮޓެލް” އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ، އެކި ބައްދަލުވުންތަކާއި އިވެންޓްތަކަށް ބުކިން ހެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖުމްލަ 162 ކޮޓަރިއާއެކު ތަރައްޤީކުރާ މި ހޮޓަލަކީ ކޮންފަރެންސް ހޯލްތަކާއި، ސްވިމިންގ ޕޫލް، ޖިމް އަދި ސްޕާ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭހެން، ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް ބިނާކޮށްފައިވާ ތަނެކެވެ. އެއަރޕޯޓުގެ އައު ޓާމިނަލާ ގުޅާލެވޭ މި ހޮޓަލާއެކު 12 އެއަރލައިނަކުން އެއްބަސްވުން ހަދާފައިވާއިރު، މިއީ ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ މަޝްރޫޢެކެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން އިޖުތިމާޢީ ޒިންމާގެ ގޮތުގައި ޒުވާނުންގެ މަރުކަޒާއި މެޑިކަލް ކޮލެޖް ފަދަ ތަންތަން ބެލެހެއްޓުމަށްވެސް ވަނީ ހަމަޖެހިފައެވެ.
About Post Author
މާދަމާ ނިއުސް
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
މއ. ކުދިމަގޫގެ ނީލަންކިޔަން އަނެއްކާވެސް ހުޅުވާލައިފި
މއ. ކުދިމަގޫގެ ނީޔަލަމުގައި ވިއްކާލަން އަނެއްކާވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވައިފިއެވެ. ކުދިމަގޫގެ ރަހުނުުކޮށް ނެގި ލޯނެއް ދައްކާފައިނުވާތީ ވިއްކާލަން ކޯޓުން ހުއްދަ ދިނުމާއި...
