Read Time:2 Minute, 45 Second

(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް)

 

 

 

ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން ދޫކޮށް، ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލަށް ބަހުސްކުރެއްވި މެންބަރުން ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އުސޫލުން ބޭރުން ރަށްތައް ދޫކުރުމުގެ ސަގާފަތެއް އޮތް ނަމަވެސް، އާ ބިލުގެ ސަބަބުން ރަށްތަކާއި ފަޅުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް މަގުފަހިވާނެއެވެ. މީގެ އިތުރުން، މި ބިލަކީ އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ރާއްޖެއަށް މުހިންމު ބިލެއް ކަމަށާއި، ރަށްތައް ދޫކުރުމުގައި ތިމާވެށި ރައްކާތެރިކުރުމުގެ އުސޫލުތައް ހިމެނުން މުހިންމު ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

 

 

މި ބިލުގައިވާ ގޮތުން ފަޅުރަށްތަކާއި ފަޅުތައް އެކި ބޭނުންތަކަށް ކަނޑައަޅުއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން ސިނާޢީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރަށްތައް ކަނޑައެޅޭނެއެވެ. ސަރުކާރު ހިންގާ ޕާޓީގެ މެންބަރުން ބިލަށް ތާއީދުކުރެއްވި ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބިލުގެ މަޤްޞަދާމެދު ސުވާލު އުފައްދާފައެވެ. މިހާރު އަމަލުކުރަމުންދާ ފަޅުރަށްރަށާ ބެހޭ ޤާނޫނު އުވާލައި، އާ ބިލެއްގެ ދަށުން މި ކަންކަން ހަރުދަނާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %