Read Time:1 Minute, 28 Second

(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް)

 

 

ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފުކުރި “އިންވެސްޓްމަންޓްސް” ސްކީމްގެ ދަށުން، ޑޮލަރުން އިންވެސްޓްކުރުމުން ލިބޭ ފައިދާވެސް ޑޮލަރުން ދޭން އެ ބޭންކުން ވަނީ ނިންމާފައެވެ. މި ސްކީމްގެ ދަށުން %25 އާ ހަމައަށް ފައިދާ ލިބޭއިރު، އިންވެސްޓްކުރާ އަދަދާއި ފައިދާ ލިބޭނީ ޑޮލަރުންނެވެ. ނަމަވެސް، އިންވެސްޓްމަންޓްގެ މުއްދަތު ހަމަވުމުން، އެ ފައިސާ ރަސްމީ ރޭޓުން ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެއެވެ. ބޭންކުން މި ނަފާ ދެނީ ބޭރުގެ ޕްލެޓްފޯމްތަކުން ކުރާ މުޢާމަލާތްތަކުން ނަގާ %30 ފީގެ ތެރެއިންނެވެ. ބީއެމްއެލްއިން ފާހަގަކުރާ ގޮތުގައި، ރާއްޖެއިން ބޭރުގެ މުޢާމަލާތްތަކަށް ޑޮލަރު ބޭނުންކުރާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %