
މުދަލާއި ތަކެތީގެ އަގު އުފުލެމުންދަނީ ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން މުދާ އުފުލުމުގެ ޚަރަދު (ފްރައިޓް) ބޮޑުވުމުން ކަމަށާއި، މިއީ ސަރުކާރުން ކުރާ ކަމަކުން އަންނަ ބަދަލެއް ނޫން ކަމަށް ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިން ހާމަކޮށްފިއެވެ. އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި އަގުތައް އުފުލުމަށް މެދުވެރިވި އަނެއް ސަބަބަކީ ނިމިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމެވެ. މި ދަތިތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، އަސާސީ ބާވަތްތަކުގެ އަގުތައް ހެޔޮކޮށް ބާޒާރުގައި ހިފެހެއްޓުމަށް މި ސަރުކާރުން ވިޔަފާރިވެރިންނާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވިޔަފާރިވެރިންވެސް ދަނީ ސަޕްލަޔަރުންނާ އޮންނަ ގުޅުމުގެ ބޭނުން ހިފަހައްޓައިގެން، ބައިނަލްއަޤްވާމީ ބާޒާރުގައި އަންނަ ބޮޑެތި ބަދަލުތަކުގެ އަސަރު ރާއްޖޭގެ ބާޒާރަށް ކުޑަކުރުމަށް މަސައްކަތް ކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
މއ. ކުދިމަގޫގެ ނީލަންކިޔަން އަނެއްކާވެސް ހުޅުވާލައިފި
މއ. ކުދިމަގޫގެ ނީޔަލަމުގައި ވިއްކާލަން އަނެއްކާވެސް މޯލްޑިވްސް އިސްލާމިކް ބޭންކުން ހުޅުވައިފިއެވެ. ކުދިމަގޫގެ ރަހުނުުކޮށް ނެގި ލޯނެއް ދައްކާފައިނުވާތީ ވިއްކާލަން ކޯޓުން ހުއްދަ ދިނުމާއި...
ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީއެލް) މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެމްއޭސީއެލް ގުޅިގެން ކުރިއަށްގެންދާ ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ދަށުން ނިމިދިޔަ ޖުލައި މަހު...
ބީއެމްއެލްގައި ޑޮލަރުން އިންވެސްޓްކުރުމުން ފައިދާ ޑޮލަރުން ދޭން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ތަޢާރަފުކުރި "އިންވެސްޓްމަންޓްސް" ސްކީމްގެ ދަށުން، ޑޮލަރުން އިންވެސްޓްކުރުމުން ލިބޭ ފައިދާވެސް ޑޮލަރުން ދޭން އެ ބޭންކުން...
މާފަރު އެއާޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްލޭނެއް އެކުލަވާލަނީ
(ފޮޓޯ ކްރެޑިޓްސް: މިނިސްޓަރ އަމީން) މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްވަރާތައް އަބޫދާބީ ފަންޑާއެކު ސަރުކާރުން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ދެވަނަ...
