
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ސަރުކާރުގެ ބަޖެޓުން މާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ސިލްސިލާކޮށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގައި ފަހަކަށް އައިސް ނަފްސާނީ ބަލިތައް ތަހައްމަލް ކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެކުރިން ސަރުކާރުން ވަނީ ބޭރުގެ ލޯނު އެހީގައި ލ. ގަމުގައި ނަފްސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ހޮސްޕިޓަލުގެ އިތުރުން މާލޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން މިހާރު ނިންމަވާފައިވާކަމަށެވެ.
“ބޭރުގެ ލޯނުން މިކަން ކުރުމަށްޓަކައި އަޅުގަނޑު ވާނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި. އެހެންނަމަވެސް އަދިވެސް އެ ޕްރޮސީޖަރ ދިގުކަމުން ލޯނެއް ހަމަޖެހިގެން މި ޕްރޮޖެކްޓް ފެށޭގޮތް ނުވެ ލަސްވަމުން ދާތީ އަދި މި މައްސަލައަކީ ރާއްޖޭގައި އިތުރު އެހީތެރިކަމެއް ބޭނުންވާ ބޮޑު މައްސަލައަކަށް ވެފައިވާތީ އަޅުގަނޑުމެން މިހާރު މަޝްވަރާކޮށްފައި ސަރުކާރުގެ ބަޖެޓުން ސީދާ މެންޓަލް ހެލްތު ފެސިލިޓީ/ ހޮސްޕިޓަލް އެޅުމަށް މިހާރު މި ނިންމީ. އެކަމަކު އޭގެ މާނައެއް ނޫން ލޯނު ފެސިލިޓީ ލިބޭ ދުވަހަކުން އެކަން ހަމަޖެހިގެން އެކަން ނުކުރާނެ ވާހަކައެއް.” ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ބަޖެޓުން އެޅުމަށް ނިންމާފައިވާ ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. ރައީސް ވިދާޅުވީ ލޯނު ފެސިލިޓީގެ ދަށުން އަޅަން އޮތް ފެސިލިޓީ އަޅަން އޮތީ ލ. ގަމުގައިކަމަށެވެ. އެ ޕްރޮޖެކްޓް ކެންސަލް ނުކޮށް މާލޭގައި މި ހޮސްޕިޓަލް އަޅަން މި ނިންމީ މިހާރުގެ ހާލަތައް ބެލުމަށް ފަހުގައިކަމަށެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ލޯނު ފެސިލިޓީގައި ގަމުގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަކީ 14000 އަކަފޫޓުގެ ބިމެއްގައި އެޅުމަށް ޑިޒައިންކޮށްފައިވާ ހޮސްޕިޓަލެއްކަމަށެވެ. އަދި އެ މަޝްރޫޢަށް ގާތްގަނޑަކަށް 18 މިލިޔަނެއްހާ ޑޮލަރު ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށެވެ. މާލޭގައި އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލަށްވެސް އެވަރުގެ ބިމެއް މިހާރު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އާސަންދައިން ނަފްސާނީ ބައްޔަށް ފަރުވާދޭން ފެށިފަހުން 1 ޖަނަވަރީން ފެށިގެން ވަރަށް ގިނަ ފަރާތްތަކަށް ޚިދުމަތް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޖަނަވަރީ 1 އިން އެޕްރީލް މަހުގެ 23 އަށް 10،954 މީހަކަށް މެންޓަލް ހެލްތުގެ ދާއިރާއިން ސައިކޭޓްރިކް ކޮންސަލްޓޭޝަން އަދި ސައިކޮލޮޖިކަލް ތެރަޕީ ކަވަރޭޖް ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކިއެކި އަތޮޅުތަކުގައިވެސް މިކަމާއި ގުޅޭ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
