
ރާއްޖޭގައި މާޗް އަދި އޭޕްރީލް މަހަކީ އަހަރުގެ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާއިރު، މި ހޫނާ އެކު ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ބައެއް ދުވަސްދުވަހު 37 ޑިގްރީ ސެލްސިއަސް އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ހޫނު ގަދަވާ ވަގުތުތަކުގައި ކަރަންޓުގެ ޑިމާންޑް 120,000 ކިލޯވޮޓަށް ވުރެ މައްޗަށް އަރައެވެ. މީގެ އިދިކޮޅަށް، ވާރޭވެހި ފިނިވާ ވަގުތުތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު ފާހަގަކޮށްލެވޭ މިންވަރަކަށް ދަށްވެއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ދުވާލުގެ ހޫނުގަދަ ވަގުތުތަކުގެ އިތުރުން، ރޭގަނޑު 9:00 ހާއިރު ކަރަންޓުގެ ޑިމާންޑް އެންމެ މަތިވަނީ ގިނަ ބަޔަކު އެއްވަގުތެއްގައި ގޭގައި އުޅެ ކަރަންޓު ބޭނުންކުރާތީއެވެ. ފާއިތުވި ހަފުތާގައި މެންދުރުފަހު 2:00 އިން ރޭގަނޑު 9:00 އާ ހަމައަށް ކަރަންޓުގެ ޑިމާންޑް އެވްރެޖްކޮށް 122,225 ކިލޯވޮޓްގައި ހުރިއިރު، ފާއިތުވި މަހެއްހާ ދުވަހު މި އަދަދު އެންމެ މަތިވި ވަގުތު 125,943 ކިލޯވޮޓަށް އަރާފައިވެއެވެ. މިކަމުން އެނގެނީ ޖައްވުގެ ހޫނުމިނާއި މީހުން އުޅޭ ވަގުތުތަކާ ކަރަންޓު ބޭނުންކުރާ މިންވަރާ ސީދާ ގުޅުމެއް އޮންނަ ކަމެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
