
(ފޮޓޯ ކްރެޑިޓްސް: އެކިއެމްވީ)
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ނިންމެވި ބައެއް ނިންމުންތަކާއި ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް ވަނީ އިންތިހާއަށް ބޮޑެތި މާލީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ޖީއެމްއާރް ކުންފުންޏާއެކު އެއަރޕޯޓް ހިންގުމަށް ފެށި މަޝްރޫޢެވެ. މި އެއްބަސްވުން އުވާލަން ޖެހުމުގެ ސަބަބުން، ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމި ގޮތަށް ބަދަލުގެ ގޮތުގައި 271 މިލިއަން އެމެރިކާ ޑޮލަރު (4.1 ބިލިއަން ރުފިޔާ) ދައުލަތުން ދައްކަން ޖެހުނެވެ. މީގެ އިތުރުން، ނޫމަޑި ކުންފުންޏާއެކު ހައުސިންގ މަޝްރޫޢުތަކެއް ހިންގުމަށް ވެފައިވާ އެއްބަސްވުންތައް އުވާލުމާ ގުޅިގެން، ކޯޓުން ބޭރުގައި މައްސަލަ ޙައްލުކޮށް ބަދަލުގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު (848 މިލިއަން ރުފިޔާ) ދައުލަތުގެ ބަޖެޓުން ދޭންޖެހުނެވެ.
ވެރިކަމަށްފަހުވެސް، ކުރީގެ ރައީސުންނަށް ދޭންޖެހޭ ޢިނާޔަތްތަކާއި ސެކިއުރިޓީގެ ދަށުން ރައީސް ނަޝީދަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރެއެވެ. ޚާއްޞަކޮށް 2021 ވަނަ އަހަރު އެމަނިކުފާނަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ކުރެވުނު ބޭސްފަރުވާއަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފޯރުކޮށްދޭންޖެހޭ ވަރުގަދަ ސެކިއުރިޓީއަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ. މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން، ރައީސް ނަޝީދުގެ ސިޔާސީ ނިންމުންތަކާއި އެމަނިކުފާނުގެ ސަލާމަތަށް ކުރަންޖެހޭ ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތަށް ބޮޑު ބުރައަކަށް ވެފައިވާ ކަންކަމެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
