
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިޤާނޫނުގައި ހިމެނޭނެ މުހިންމު ދައިރާތަކުގެ ތަފްސީލް އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެންޓި ބުލީން ޤާނޫން އެކުލަވާލުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށާފައިވާ ކަމަށެވެ.
ބުލީ ކުރުމުގެ މައްސަލައަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިގެން ރާއްޖޭގައި އޮތް މައްސަލައެއް ކަމެއް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމައްސަލަ ހައްލުކުރުމަށް ޚާއްސަ ޤާނޫނެއް ސަރުކާރުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، 2024 ވަނަ އަހަރު ޤާނޫނުލް އުޤުބާތަށް ގެނެވުނު އިސްލާހުތަކުގައި އޮންލައިންކޮށް ކުރާ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ހިމަނާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. “މިކަން އިތުރަށް ހުއްޓުވުމަށްޓަކައި، އަދި ޕްރިވެންޓިވް އެކިކަހަލަ މެޝާސްތައް ލުމައްޓަކައި، މިފަދަ އަމަލްތައް ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ބުލީ ކުރުން އެއީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކަމަށް ހާއްސަ ޤާނޫނެއް، އެންޓި ބުލީ ޤާނޫނެއް ތަޢާރަފް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި. އެހެންވީމަ އެ މަސައްކަތް އޭޖީ އޮފީހުން ކުރިއަށް ގެންދަވާ. ކަމާ ގުޅޭ ފަންނީ ބޭފުޅުންގެ ލަފަޔާ އެކީގައި. އެހެންވީމަ މަޝްވަރާގެ ހުރިހާ ޕްރޮސެސްއެއް ނިންމާފައި މަޖިލީހަށް ފޮނުވާނަން. ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޤާނޫނު އެކުލަވާލާއިރު، ސާފުކޮށް ބުލީ ކުރުމުގެ ޢަމަލުތަކަކީ ކޮބާކަމާއި ޤާނޫނު ހިންގާނެ ދައިރާތައް ކަނޑައެޅިފައި ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ތަޢުލީމުދޭ އެކި ދައިރާތަކުގެ އިތުރުން މަސައްކަތު މާހައުލަށްވެސް ޤާނޫނު ހިންގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މަންހަޓަން ގްރޭންޑް ހޮޓެލުގައި އިވެންޓު ބޭއްވުމަށް ހުޅުވާލައިފި
(ފޮޓޯ ކްރެޑިޓްސް: މަންހަތަން) ހުޅުމާލޭގައި ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކުރާ 5 ތަރީގެ "މަންހަޓަން ގްރޭންޑް ހޮޓެލް" އަންނަ މަހު ހުޅުވުމަށް ތައްޔާރުވެ،...
އުރީދޫއަށް 172 މިލިޔަން ރުފިޔާ ސާފު ފައިދާއެއް
(ފޮޓޯ ކްރެޑިޓްސް: އޫރިދޫ) މި އަހަރުގެ ދެވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 172 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނަން”
އިޤްތިޞާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތާއެކު، ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކެއް 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރަށް ނިންމަވާނެ ކަމަށް...
“ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެ”
ޤައުމީ މަސްލަހަތު އިސްކޮށް، ފަނާކުރަނިވި ފިކުރުތަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އުކުޅަހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް...
އައު ޤާނޫނާއެކު ފަޅުރަށްތަކާއި ފަޅުތައް ނަހަމަގޮތުގައި ބޭނުމެއް ނުކުރެވޭނެ
(ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް) ފަޅުރަށްރަށާއި ފަޅުތައް ކުއްޔަށް ދިނުމާބެހޭ ބިލު ޤާނޫނަކަށް ވުމުން، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެފަދަ ތަންތަން...
ޕޯޓް ބަދަލުކުރަން ތިލަފުށި ފަޅު ހުސްކުރަން އަންގައިފި
(ފޮޓޯ ކްރެޑިޓްސް: އެޗްޑީސީ) މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހަތް ދުވަސް ތެރޭގައި...
