
ހަނިމާދޫގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެންމެ ލަސްވެގެން އަންނަ ނޮވެމްބަރު މަހު ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރަށުގެ އެންމެ މުހިންމު މަޝްރޫޢުކަމަށާއި، އެއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއަރޕޯޓު ނަމަވެސް ތަރައްޤީކުރުމަށްވެސް އެންމެ ގިނަ ދުވަސްނެގި އެއަރޕޯޓްކަމަށެވެ. އެ އެއަރޕޯޓުގައި މިހާރު ކުރިއަށްދަނީ ޒަމާނީ ފެންވަރަށް ގިނަ ވަސީލަތާއެކު އެންމެ ހަލުވި ސްޕީޑުގައި ނިންމުމަށް ކުރާ މަސައްކަތްކަން ފާހަގަކުރައްވާ ރައީސް ވަނީ އެ މަޝްރޫޢު އެންމެ ލަސްވެގެން ހުރިހާ ޚިދުމަތަކާއެކު ނޮވެމްބަރ މަހު ބޭނުންކުރަން ފެށޭވަރަށް ނިންމަވާނެކަމަށް ވިދާޅުވެފައެވެ.
“އިންޓަރނޭޝަނަލް ފެންވަރުގެ އެއަރޕޯޓަކަށްވާއިރު، އެއެއަރޕޯޓުން ފުރާ ފަސިންޖަރުންނަށް ހުޅުލޭގެ ފަސިންޖަރުން ފުރާ ފަސިންޖަރުންނަށް ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބޭފަދައިން ހަމަޖައްސާނަން. ޑޮލަރު ވާހަކަ ދައްކާއިރު އެއަރޕޯޓް ބޭރުން އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައި ޑޮލަރު އޭޓީއެމެއްވެސް އިރާދަކުރެއްވިއްޔާ ބަހައްޓައިދޭނަން’. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޑޮލަރު އޭޓީއެމްގެ ޚިދުމަތާއެކު ޓޫރިޒަމް ހަނިމާދޫގައި ކުރިއަރާނެކަމަށެވެ. ރައީސް ވިދާޅުވީ އެއަރޕޯޓް ހުޅުވޭއިރު، ހަނިމާދޫގައި ޕާސްޕޯޓުގެ ޚިދުމަތާއި އައިޑީކާޑު ޕްރިންޓުކުރުމުގެ ޚިދުމަތްވެސް ޤާއިމްކުރެވޭނެކަމަށެވެ. މިއީ ހަނިމާދޫގެ ރައްޔިތުންނާއި، ރަށަށް ހިޖުރަކުރާ ފަރާތްތަކާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިއެރުން ލިބޭނެކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މުޅިން އައު މަޝްރުޢެއްގެގޮތުގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިމަސައްކަތް ކުރިއަށްގެންދާ ރީޖަނަލް އެއަރޕޯޓްސް ކުންފުނިން މަޢުލޫމާތު ދޭގޮތުގައި، މުޅި މަޝްރޫޢުގެ %91 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ. ވަކިވަކި މަސައްކަތްތަކަށް ބަލާއިރު، ޕެސެންޖަރ އަދި ޖެޓީ ޓަރމިނަލް ބިލްޑިންގެ %92 ވަނީ ނިމިފައެވެ. ދިވެހި ވަންތަކަން ދައްކުވައިދޭ ޒަމާނީ ފަރުމާއަކަށް އިމާރާތްކޮށްފައިވާ ޓަރމިނަލަކީ 10،380 އަކަމީޓަރުގެ ބޮޑު ޓަރމިނަލެކެވެ. ރަންވޭއާއި އޭޓީސީ ޓަވަރު، ކަރގޯ ބިލްޑިން، ހެންގަރު ޓެކްސީވޭ އަދި ޔުޓިލިޓީ ފެސިލިޓީތަކުގެ %99 މަސައްކަތް މިހާރު ވަނީ ނިންމާފައެވެ.
މި މަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އޭ320 އަދި ބޮއިންގް 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެއެވެ. ހަނިމާދޫ އައު އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެއީ 3 އެއަރބަސް އާއި 6 އޭޓީއާރް މަތިންދާ ބޯޓަށް އެއްފަހަރާ ޕާކުކުރެވޭނެ ޖާގައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޓަރމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި ޓަރމިނަލްގެ މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތަކުގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ހުންނާނީ ހަނިމާދޫ އެއަރޕޯޓްގައެވެ. ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ މި މަޝްރޫޢުގައި، ހަނިމާދޫ އިންޓަރނޭޝަން އެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ.
About Post Author
މާދަމާ ނިއުސް
ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޕީއެންސީ) ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް، 1،064 މަންދޫބުންގެ ބައިވެރިވުމާއެކު މިއަދު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ...
ކަރަންސީ ސްވަޕް އަވަސްކުރަން މެލޭޝިއާ ސެންޓްރަލް ބޭންކަށް އަންގައިފިން: އަންވަރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު ހަދާ ކަރަންސީ ސްވަޕް އެއްބަސްވުން އާދައިގެ އުސޫލުތަކަށްވުރެ އަވަސްކުރުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކަށް އަންގަވާފައިވާ...
މެލޭޝިއާ-ރާއްޖެ ޖޮއިންޓް ކޮމެޓީއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި
މެލޭޝިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މިއަހަރު ނިމުމުގެ ކުރިން ޖޮއިންޓް ކޮމިޝަނެއް އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް އަންގަވާފައިވާ ކަމަށް މެލޭޝިއާގެ...
މެލޭޝިއާއަކީ ރާއްޖޭގެ ބޮޑު މަދަދުގާރެއް، އެހީތަކަށް ރައީސްގެ ޝުކުރު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް 58 އަހަރުވީ ގުޅުމުގެ އެންމެ މުހިންމު ބައިވެރިޔަކީ ދެ ޤައުމުގެ ރައްޔިތުން ކަމަށް...
މެލޭޝިއާއިން ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެއާއި މެލޭޝިއާގެ މަރުކަޒީ ބޭންކާ ދެމެދު 100 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއެއް ހަމަޖެއްސުމަށް އެއްބަސްވެފައިވާކަން މެލޭޝިއާގެ ބޮޑުވަޒީރު...
ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ރަސްމީ މަޝްވަރާތަކަށްފަހު، ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ...
