
ބާސެލޯނާގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ އާއި ޑިފެންޑަރު އަލެހަންދްރޯ ބަލްޑޭއަށް ސްޕެނިޝް ކަޕުގެ ފައިނަލް މެޗުގައި ނުކުޅެވޭނެ ކަމަށް އެ ކުލަބުން ބުނެފިއެވެ. ބަލްޑޭއަށް އަނިޔާވީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅެނިކޮށެވެ. އަދި ލެވޮންޑޯސްކީ އަށް އަނިޔާވީ ހުސްވި ހަފުތާގައި ސްޕެނިޝް ލީގުގައި ކުޅެނިކޮށެވެ. މި ދެ ކުޅުންތެރިންނަށް ނުކުޅެވުމަކީ ފައިނަލްގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ބާސެލޯނާއަށް ދިމާވާނެ މައްސަލައަކަށްވާނެއެވެ.
ބަލްޑޭގެ ބަދަލުގައި ބާސެލޯނާއިން ޑިފެންޑަރަކަށް ނެރޭނީ ޖެރާޑް މާޓިންއެވެ. ނަމަވެސް ފޯވަޑް ލައިނުގައި ލެވަންޑޯސްކީގެ ބަދަލުގައި ކުޅުވާނެ ކުޅުންތެރިއެއް ކޯޗު ހަންސީ ފްލިކަށް އަދި ނުނިންމައެވެ. އެއް ގޮތަކީ ފެރާން ޓޮރޭސް ލައްވައި ފޯވާޑަކަށް ކުޅުވުމެވެ. އަނެއް ގޮތަކީ ޑެނީ އޮލްމޯ ލައްވައި ކުރިއަށް ކުޅުވުމެވެ. އެ ދެ ކުޅުންތެރިންވެސް ވަނީ ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ގޯލް ޖަހާފައެވެ.
މި ދެ ކުޅުންތެރިންނަށް ނުކުޅެވޭނެކަން ކަށަވަރުވިއިރު ގޯލްކީޕަރު އަދި ކެޕްޓަން މާކް އަންދްރޭ ޓާ-ސްޓެގަން މި މެޗުގައި ބެންޗުން ފެންނާނެއެވެ. މި ސީޒަނުގެ ކުރީކޮޅު އަނިޔާވެ ކުޅުމާ ދުރުގައި ހުރި ކީޕަރު މުޅުން ފިޓްވެގެން ނުކުންނަ މިއީ ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
