
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ)
ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ މަސައްކަތް ފެއްޓެވި ނަމަވެސް، އެ މަނިކުފާނުގެ ސިޔާސީ މިސްރާބު ސާފުނުވެ ބޮޑު އޮޅުމެއްގެ ތެރޭގައިވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން އެމްޑީޕީއަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ޕާޓީއާއެކު މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު، މިހާރު ރައީސް ނަޝީދާ ގުޅިވަޑައިގަތުމަކީ އަމިއްލަ ސަޕޯޓަރުންގެ މެދުގައިވެސް ސުވާލު އުފެދިފައިވާ ކަމެކެވެ. މީގެ އިތުރުން ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައި ޕީއެންސީގެ މެމްބަރުންގެ ތާއީދު ހޯއްދެވުމަށް ރައީސް ޑރ. މުއިއްޒަށް ތައުރީފުކުރެއްވުމާއި، އަމިއްލަފުޅު ޕާޓީ ޕީއެންއެފްގެ ތާއީދު ކުޑަވުމަކީ އެ މަނިކުފާނުގެ ސިޔާސީ ސްޓޭންޑް ފުށުއަރާ ކަންކަމެވެ. އެހެންކަމުން، ކުރިމަތީގައި އޮތް ޝަރީއަތްތަކާއި ދެ ބޭފުޅުންގެ މެދުގައި އޮތް ރިޔާސީ ވާދަވެރިކަމަށް ބަލާއިރު، 2028 ވަނަ އަހަރަށް އަމާޒު ހިފާއިރު ރައީސް ޔާމީން ސީދާ އަރާވަޑައިގަންނަވާނެ ސިޔާސީ އޮޑިއެއް އަދިވެސް ކަށަވަރެއް ނޫނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ރައީސް ޔާމީންގެ އެއްބާރުލުމެއް ނުލިބޭ، ޗިޓާއި ހަވާލުނުވި: ފުލުހުން
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ސަރުކާރުގެ 3 ވުޒާރާއެއް ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ...
