Read Time:2 Minute, 7 Second

(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު)

 

 

މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް އަންނާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ލ. ގަމުގައި ބޭއްވި މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއްގައެވެ. މި ޤަވާޢިދު ފުރިހަމައަށް ތަންފީޒުކުރުމަށްޓަކައި މުވައްޒަފުން އަހުލުވެރިކުރުވުމާއި، ބޭނުންވާ ވަސީލަތްތަކާއި ޖާގަ ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ. މީގެއިތުރުން، މި ޤަވާޢިދުން ތަޢާރަފުކުރާ ރަޖިސްޓްރާގެ މަޤާމުތަކާ ގުޅިގެން ޖޭއެސްސީއާ މަޝްވަރާކުރައްވާނެ ކަމަށާއި، މި ޤަވާޢިދުގެ ސަބަބުން ކޯޓުތަކުގެ މަސައްކަތްތައް އެއްގޮތްވެ މުވައްޒަފުންގެ ފަންނީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %