Read Time:2 Minute, 7 Second

(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)

 

 

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. މި މެސެޖުތަކުގެ ތެރޭގައި 27 ބިދޭސީއަކާއި، ހުއްދަނެތި އަދި ބޮޑުއަގުގައި ޑޮލަރު ވިއްކާ 22 ތަނެއްގެ އިތުރުން 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ހިމެނޭއިރު، އޭގެ ތެރެއިން އެއް ބިދޭސީއަކު މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

 

 

އެމްއެމްއޭގެ ހުއްދަނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު 9388733 އަށް މެސެޖު ނުވަތަ މެސެޖިން އެޕްތައް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށާއި، މައުލޫމާތު ދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓައިދޭނެ ކަމަށް ފުލުހުން ބުނެއެވެ. ކަޅު ބާޒާރުގައި ޑޮލަރު މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ޑޮލަރު ލިބުން ދަތިވެ، މުދަލުގެ އަގު އުފުލެމުންދާތީ، ސަރުކާރުގެ އަމާޒަކީ ޤާނޫނުތަކަށް އިސްލާހު ގެނެސްގެން ރަސްމީ ރޭޓުގައި ރައްޔިތުންނަށް ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %