
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ތުރުކީވިލާތުގެ އިސްތަންބޫލަށް އައި ބާރުގަދަ ބިންހެލުމެއްގައި 150 މީހުންނަށް އަނިޔާވެެއްޖެއެވެ. ތުރުކީވިލާތުގެ ވެރިކަންކުރާ އިސްތަންބޫލުގެ ހުޅަނގުގައި 80 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ސިލިވްރީއަށް އައި ބިންހެލުން އުފެދިފައި ވަނީ ބިމުގެ ސަތަހައިގެ 6.92 ކިލޯމީޓަރު އަޑީގައެވެ. ރެކްޓަރ މިންގަނޑުން 6.2ގެ ބާރުމިނުގައި އައި މި ބިން ހެލުމުގެ ލޮޅުންތަކުގެ އަސަރު އިސްތަންބޫލަށާއި އަވަށްޓެރި އެހެން ޕްރޮވިންސުތަކަށް ކޮށްފައިވެއެވެ. އިންތަންބޫލުގެ ގަވަރުނަރުގެ އިދާރާއިން ބުނީ ބިންހެލުމުގެ ސަބަބުން 151 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. ގިނަ މީހުންނަށް އަނިޔާވެފައި ވަނީ ބިން ހެލުން އައި ވަގުތު އިމާރާތްތަކުން ނިކުތުމަށް ބޭރަށް ފުންމާލުމާ ގުޅިގެންނެވެ. އެއްވެސް މީހެއްގެ ޙާލަތު ފުރާނައަށް ނުރައްކާވާހާ ގޯސް ނޫން ކަމަށް އެ އިދާރާއިން ބުނެއެވެ.
ބިންހެލުމުގެ ސަބަބުން މެދުތެރޭ އިސްތަންބޫލުގައި ހުންނަ ފަޅު އިމާރާތެއް ވެއްޓިފައިވެއެވެ. ނަމަވެސް އެ އިމާރާތް ވެއްޓުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. އިސްތަންބޫލުގެ ފެނާއި ހަކަތައާގުޅޭ އެއްވެސް ބިނާރަކަށް ވެސް ބިންހެލުމުގެ ސަބަބުން ގެއްލުން ލިބިފައެއް ނުވެއެވެ. އަދި އެއްވެސް ހައިވޭއަކަށް ވެސް ވައިގެ ބަނދަރަކަށް ވެސް ރޭލު ނިޒާމަކަށް ވެސް ގެއްލުން ލިބިފައެއް ނުވެއެވެ. މައި ބިންހެލުމަށް ފަހު އިތުުރު ކުދި ލޮޅުންތައް ވެސް އައިސްފައިވެއެވެ. އޭގެ ތެރޭގައި ރެކްޓަރ މިންގަނޑުން 5.3ގެ ބާރުމިނުގައި އައި ލޮޅުމެއް ވެސް ހިމެނެއެވެ. މިފަދަ ލޮޅުންތައް އަންނަމުންދާތީ ގެއްލުން ލިބިފައިވާ ކަމަށް ބެލެވޭ އިމާރާތްތަކުގައި މީހުން ނުތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.
ތުރުކީވިލާތުގެ ކާރިޘާއާއި ކުއްލި ޙާލަތްތަކާބެހޭ އިދާރާ، އޭއެފްއޭޑީއާއި ކަމާ ގުޅުންހުރި އެހެން އިދާރާތަކުން ވަނީ ޙާލަތު ވަޒަން ކުރުމަށް ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ފަށައިފައެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ ސަރުކާރުން ޤައުމުގެ ޙާލަތު ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.
މީގެ ދެ އަހަރު ކުރިން ވެސް ތުރުކީވިލާތަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވެއެވެ. 2023ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ތުރުކީވިލާތުގެ ދެކުނުގެ ސަރަޙައްދުތަކާއި ސޫރިޔާގެ އުތުރުގެ ސަރަޙައްދުތައް ހިމެނޭހެން ރެކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ބިންހެލުމުގައި 55،000އަށްވުރެ ގިނަ މީހުން މަރުވެ 107،000 މީހުންނަށް ވަނީ ޒަޚަމްވެފައެވެ. އެ ބިންހެލުމުގެ ސަބަބުން ގެދޮރު ގެއްލުނު މީހުންގެ ތެރެއިން އެތައް ހާސް ބައެއް އަދި ވެސް ދިރިއުޅެމުން ދަނީ ވަގުތީ ބޯހިޔާވަހުކަމުގައެވެ.
About Post Author
މާދަމާ ނިއުސް
އެމްއެމްއޭގެ އޮފީސް އިމާރާތެއް ހުޅުމާލޭގައި ތަރައްގީކުރަނީ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދައުލަތުގެ ޚަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހުޅުމާލޭގައި އެމްއެމްއޭގެ އައު އޮފީސް އިމާރާތެއް ކޮންޓްރެކްޓަރ ފައިނޭންސިންގ...
ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރަނީ
ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޓްރެފިކް މޮނިޓަރިންގ ސެންޓަރެއް ޤާއިމުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު...
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
