
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ޔަމަންގެ ޢާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކަށް ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައި ވެރިރަށް ޞަންޢާއަށް ބޮންއަޅައި، 12 މީހުން ޝަހީދު ކޮށްލައިފިއެވެ. ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ޙަމަލާ ދޭން ފަށާފައި ވަނީ މާރިޗު މަހުގެ ތެރޭގައެވެ. މިއީ، ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ނަމުގައި ޓްރަމްޕް ހިންގަވަމުން ގެންދަވާ ޖަރީމާއެކެވެ. އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޞަންޢާގެ އަތާނަށާއި، ޢަސީރުގެ އިތުރުން ފަރޫޙަތު އަވަށުގެ ޝަވްބުގައި އޮތް ކާރޫބާރޫ ބޮޑު މާރުކޭޓަކަށެވެ. މި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 12އަށް އުފުލިފައިވާއިރު، އެމެރިކާގެ ނިރުބަވެރި ޙަމަލާތަކުގައި 30އަށްވުރެ ގިނަ މީހުން ޒަމަޚު ކޮށްލާފައިވާ ކަމުގައި، ޞަންޢާގައި ވެރިކަން ކުރާ ޙޫޘީ ޖަމާޢަތުން ހާމަކުރިއެވެ. ޢަސީރަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ނަރުދަމާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސަރަޙައްދަކަށެވެ.
ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ޔަމަންގެ ބަނދަރުމަތީ ރަށްތަކަށް ވެސް ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އޭގެ ތެރެއިން އަލް-ޙުދަޔިދާގައި އޮންނަ ރައުސު ޢީސާ ބަނދަރަށް ދިން ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ އަދަދު 80އަށް އަރައެވެ. އަދި، އިތުރު 150އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. މީގެ އިތުރުން، އަލް-ޙުދަޔިދާ ބަނދަރަށް ވެސް އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ.
ޓްރަމްޕްގެ އަމުރަށް ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 200އަށް
ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ބޮންއަޅަން ފެށި ފަހުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 200އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު އެތަކެއް ސަތޭކައަކަށް އަރައެވެ. މިއީ، ޙޫޘީ ޖަމާޢަތް ހުއްޓުވުމުގެ ނަމުގައި ޓްރަމްޕް ފަށްޓަވާފައިވާ އަސްކަރީ ކެމްޕޭނެކެވެ. މިއީ، ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ނަމުގައި އެމެރިކާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާއެކެވެ. ޙޫޘީންގެ ކުށަކީ، ޒަޔަނިސްޓު އިސްރާއީލާ ދެކޮޅަށް ތެދުވުމެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. އަދި، މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް ބޭނުންވާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދެމުން ދަނީ ޓްރަމްޕްގެ އަމުރަށެވެ.
ޙޫޘީ ޖަމާޢަތުން ޔަހޫދީންނަށް އަމާޒުކޮށް ޙަމަލާ ދޭން ފަށާފައި ވަނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ފެށުމުންނެވެ. ޙޫޘީންގެ އަމާޒަކީ، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމެވެ. އަދި، ބޭނުމަކީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓުވުމަށް ބާރުއެޅުމެވެ. ޙޫޘީން މި ވަގުތު ދަނީ ރަތް ކަނޑުގައި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި، އެ ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރާއި އެހެން އުޅަނދުފަހަރަށް އަމާޒުކޮށް ނުރައްކާތެރި މިސައިލާއި ޑްރޯން ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާ ދެމުންނެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ އިސްރާއީލަށް މުދާ އުފުލާ އާގުބޯޓުފަހަރާއި، ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށެވެ.
ޙޫޘީން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތް ގުޅިގެން ޔަަމަނަށް ބޮންއަޅަން ފެށުމުން ޙޫޘީން ވަނީ އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކާއި، އެ ދެ ޤައުމާ ގުޅުން އޮތް އާގުބޯޓުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ. ޙޫޘީންގެ ޙަމަލާތައް 100އަށްވުރެ ގިނަ އުޅަނދަށް އަމާޒުކޮށްފައިވާއިރު، ޙަމަލާތަކުގައި ދެ އާގުބޯޓު ފައްތައިލާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
