
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރާއްޖޭގައި ސިނގިރޭޓު ވިއްކުމަކީ ކުރާވަރުގެ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، ވޭޕް މަނާކުރުމަކީ ފަސޭހަ ކަމަކަށް ނުވި ކަމުގައިވިޔަސް މި ސަރުކާރުން އެކަން ކާމިޔާބު ކަމާއެކު ކޮށްފައިވާ ކަމަށާއި ދެން އޮތީ ސިނގިރެޓާއި ދުންފަތުގެ ބާވަތްތަކުން ޒުވާނުންނާއި އެހެން ފަރާތްތައް ސަލާމަތްކުރުން ކަމަށެވެ.
“މިހާރު އެއޮތީ ވޭޕް މަނާކޮށްފައި، ދެން ސިނގިރެޓާއި އެކިކަހަލަ ދުންފަތުގެ އިސްތިއުމާލުކުރުން ދުރުކުރަން ޒުވާނުން، ދެންތިބި އެކި އުމުރުފުރައިގެ ފަރާތްތަކަށްވެސް އަޅުގަނޑު މި ބާރުއަޅަނީ ސިނގިރެޓް ބުއިމާއި ދުންފަތުގެ އިސްތިއުމާލުކުރުން ދުރުވާން. އަގުބޮޑު ކުރީ އެ މަޤްސަދުގައި.” ރައީސް ވިދާޅުުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ވޭޕް މަނާކުރުމާއެކު ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކޮށް ސިނގިރެޓް އަގު ބޮޑުކުރީ އެފަދަ ތަކެތި ވިއްކުން ހުއްޓުވުމުގެ މަޤްސަދުގައެވެ. އެއީ ވަރަށް އުނދަގޫ ކަމެއްކަން އެނގިވަޑައިގެންނެވި ނަމަވެސް މިކަހަލަ ކަމަކުން ދުރުކުރާން ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެން އެކަން ނުވާނެކަން އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
މި ކުޑަކުޑަ ގައުމުގައި އެފަދަ ކަންކަމަކީ ކުރާވަރުގެ ކަންކަން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ ވިޔަފާރި ދޫކޮށްލަން އެމަނިކުފާނު ވަނީ ސިނގިރެޓް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.
“ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެން މިކަން ނުވާނެ، އެހެންވީމާ ސިނގިރޭޓް އެތެރެކުރާ މީހުންނަށް އެދެވެނީ ފުރުސަތެއް މީހުން އެތަންކޮޅު އެޖަސްޓުކޮށްގެން ވިއްކަމުންދާން، އަޅުގަނޑު އެދެން ސިނގިރެޓް އެތެރެކޮށް، ސިނގިރެޓް ވިޔަފާރިކުރާ މީހުން އެ ވިޔަފާރި ދޫކޮށްލަންް. މިއީކީ ކުރާވަރު ކަމެއް ނޫނޭ.” ރައީސް ވިދާޅުވިއެވެ.
އެހެން ޤައުމުތަކުގައިވެސް ވާހެން ރާއްޖޭގައި ވެސް ޒުވާން ކުދިން ސިނގިރޭޓުގެ ތެރެއަށް ގޮސް، ނޫނީ ދުންފަތުގެ އިސްތިޢުމާލުގެ ތެރެއަށް ގޮސް، ދެން އެއިން ސަލާމަތް ނުވެގެން އުޅެންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޒުވާން ޢުމުރުގައި ދުންފަތުގެ އިސްތިޢުމާލު ކުރަން ފެށުމުގެ ކުރިން، އެކަން ހުއްޓުވިއްޖިއްޔާ އެއީ، އެންމެ ރަނގަޅު ގޮތް ކަމަށާއި އެކަން ހުއްޓުވަން ވެސް އޭރުން ފަސޭހަ ވާނެ ކަމަށެވެ.

(ފޮޓޯ ކްރެޑިިޓްސް: ރައީސް އޮފީސް)
“އަޅުގަނޑު ހަމަ ޕަބްލިކަށް، ޢާންމުންނަށްވެސް މި ޚިޔާލު ހަމަ ފްލޯޓްކޮށްލާނަން. ދެތިން ހަތަރު ގޮތެއް އެބަ ހުށަހަޅަން އިނގޭތޯ. އެއްގޮތަކީ، 2007 ވަނަ އަހަރުގެ ޖަނަވަރީ 1ން ފެށިގެން އުފަންވީ ހުރިހާ ކުދިން، އަދި އުފަންވާނެ ހުރިހާ ކުދިން، އެ ކުދިން އުމުރުން ކުރިއަށް އޮތް ތަނުގައިވެސް މި ހަމަ ހިމެނޭގޮތަށް، ސިނގިރޭޓާއި، ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭގޮތަށް ހެދުން އިނގޭތޯ. ދެވަނަ އޮޕްޝަނަކީ، ދެވަނަގޮތަކީ، 2004 ވަނަ އަހަރުން ފެށިގެން، 2004ގެ ޖަނަވަރީ 1ން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުކުރުން.” ރައީސް ވިދާޅުވިއެވެ.
ދުންފަތުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށްޓަކައި މިހާރު ކެބިނެޓް ޕޭޕަރެއް، ދިރާސާތަކެއް ކޮށްގެން ހަދަން ހެލްތު މިނިސްޓަރާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ޑޮކްޓަރުންގެ ލަފާ އާއި މަޝްވަރާ ހޯދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
މާލީ ވަޒީރަކަށް ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބޭހޭ ވަޒީރުގެ މަޤާމަށް ޙަސަން ޒަރީރު މިއަދު...
ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކާ ހެދި، ރައީސްގެ އެންގެވުމަކަށް ނޫން: ތަރުޖަމާނު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި އެއީ އަމިއްލަ ނިންމެވުމެއް ކަމަށް ސަރުކާރުން...
މަޢުލޫމާތު ހާމަކުރުމަކީ އިތުބާރު ދަމަހައްޓައި ހިންގުން ހަރުދަނާކުރުމަށް ލާޒިމު ކަމެއް: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައްޔިތުންގެ އިތުބާރު ދަމަހައްޓައި ޑިމޮކްރެޓިކް ހިންގުން ހަރުދަނާކުރުމަށް މަޢުލޫމާތު ހާމަކުރުމަކީ އަސާސީ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު...
ފިނޭންސް މިނިސްޓަރ ޒަމީރު އިސްތިއުފާ ދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) މާލީ ވަޒީރު މޫސާ ޒަމީރު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ސަރުކާރުގެ ތަރުޖަމާނު މިކަން ކަށަވަރުކޮށްދެއްވި ނަމަވެސް، އިސްތިއުފާ...
ރާއްޖެއިން ދަނީ ނަތީޖާ ދައްކަމުން، ބީ.އެމް.އެލްގެ ދައުރު ބޮޑު: ފިޗު
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ފިޗް ރޭޓިންގްސްއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ރޭޓިންގް 'ސީސީސީ-' އަށް މަތިކޮށް، ބޭންކުގެ ކުރިމަގު...
“ބޭސް ލިބުން އުނދަގޫވަނީ، ސަޕްލައިޗެއިން ތަރައްޤީ ނުވުމުން”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއަރާފައިވާ މިންވަރަށް ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު ނުވަތަ ސަޕްލައިޗެއިން ތަރައްޤީވެފައި ނެތުމަކީ ބޭސް ލިބުމަށް...
