
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ތެލެސީމިއާ ކުދިންންނަށް ދިމާވާ ދަތިތައް ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. މާލޭގައި ހުންނަ ތެލެސީމީ ސެންޓަރުގެ ހިދުމަތާއި މެދު ހިތްހަމަ ނުޖެހިގެން ބައެއް ފަރާތްތަކުން ވަނީ މުޒާހަރާކޮށްފައެވެ. މުޒާހަރާ ކުރިތާ 24 ގަޑިއިރު ނުވަނީސް އެމަނިކުފާނު ވަނީ ތެލިސީމިއާ ސެންޓަރާއި ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތަކާއި ކުދިންގެ ހާލަތު ގާތުން ބައްލައި ޝަކުވާތައް އަޑުއައްސަވާފައެވެ.
އެއަށް ފަހުގައި ރައީސް އޮފީހުން އާންމުކުރި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ތެލިސީމިއާ ސެންޓަރުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވަރަށް މުހިންމު ކަންތައްތަކެއް ކުރިއަށް ގެންދާނެ ގޮތްތަކާއި އިރުޝާދުތައް ދެއްވާފައިވާނެ ކަމަށެވެ. އަދި އެކަންކަން ކުރަންވީ މަގު ތަނަވަސްކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
“ތެލެސީމިއާ ބަލި މީހުންނަށް ދިމާވާ ދަތިތައް ހައްލުކުރެވޭ ގޮތްތަކެއް ވަގުތުން ވަގުތަށް ހޯދުމަށް ވާނީ މަޝްވަރާކޮށް ކުރިއަށްދާނެ ގޮތް ދަންނަވާފައި. އެތަން ހިންގުމަށް ޑިރެކްޓާ ޖެނެރަލްއެއް ނުލާ 2017 ވަނަ އަހަރުން ފެށިގެން އަންނަ ކަމަށްވަނީ. އެކަން ވަގުތުން ހައްލުކުރެވޭނެ ގޮތެއް ވާނީ ދަންނަވާފައި.” ރައީސް ވިދާޅުވިއެވެ.
ތެލިސީމިއާ ސެންޓަރުގެ މަސައްކަތް ހަރުދަނާ ކުރުމަށް ނިންމެވި ބައެއް ކަންތައްތައް:
- ތަނަށް ބޭނުންވާ ނަރުހުން އިތުރުކުރުން
- އެކި ސާމާނުތައް ހޯދުން
- ސީނިއާ ފިޒީޝަނެއް ހަމަޖެއްސުން
- ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ހޯދުން
- މަސައްކަތުގެ ގަޑިއިތުރުކޮށް ހިއުމަން ރިސޯސް އިތުރުކުރުން
ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވެސް ބައިވެރިކޮށްފައިވާނެ ކަމަށާއި ތެލެސީމިއާ ސެންޓަރުގެ މަސައްކަތަށް ފައިސާގެ ގޮތުން ބޭނުންވާ އެއްވެސް ކަމެއް ދަތި ނުވާނެ ގޮތަށް ކަންކަން ހަމަޖައްސައިދެއްވާފައިވާނެ ކަމަށެވެ. އަދި ކަންކަން ކުރިއަށް ގެންދަންވީ ގޮތާއި މުހުލަތްތައް މިއަދު ކަނޑައަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެހެންވީމަ ވަސީލަތުގެ ގޮތުންނާއި މީހުންގެ ގޮތުގައި ކުރިއަށް ދެވޭނެ ގޮތް ފަހިކޮށްދިނިން. މިހިސާބަށް މިކަން އޮތްކަން، އެތަނަށް އެއްވެސް ކުރިއެރުމެއް ނާންނަކަން ނޭނގި އޮތީ. ސަރުކާރުގެ އެކި ފަރާތްތަކުން ތެލެސީމިއާ ސެންޓަރުގެ ފަރާތްތަކާއި ބައްދަލުކޮށްފައިވޭ. އެކަމު އަމަލީ ސިފައެއްް ނައިސް އޮތީ. އެހެންވީމަ އިންޓަނަލީ ގެންނަން ޖެހޭ ބައެއް ބަދަލުތައް ގެނައުމަށް ވާނީ ނިންމާފައި.” ރައީސް ވިދާޅުވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ބަދަލު ގެނެވޭނެ ކަމަށާއި މާލޭގައި ތެލެސީމިއާ ސެންޓަރު ހިންގަމުންދާހާ ދުވަހަކު އެތަނުން ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ނިންމާފައިވާނެ ކަމަށެވެ. އަދި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ތަނުގެ މަސައްކަތް ކުރުމަށް މިއަދު ވަނީ ބައެއް ކަންކަން ކަނޑައަޅާފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެތަނަކީ ޖާގަ ބޮޑުތަނެއް ކަމަށާއި އެތަނަށް ބަދަލުވާއިރު، މާގިނަ ވަސީލަތްތައް ލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ އިމާރާތް ހުންނަ ހިސާބަށް ޓްރާންސްޕޯޓް ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެތަނުގައި ހާއްސަ ބަސް ހުއްޓިއެއް ހަމަޖެހިގެންދާނެ ކަމަށެވެ. ފައިސާގެ ގޮތުން ދަތިތަކެއް ކުރިމަތިވެގެން ކަމެއް ހައްލު ނުވެ ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ތެެލިސީމިއާ ކުދިންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާނީ ސީދާ އެމަނިކުފާނުގެ ބެލުމުގެ ދަށުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
