
ނެޝަނަލް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމަށް މިހާރު ތައްޔާރުކުރެވެމުންދާ “އޮރެންޖް ހިޔާ” އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. އެ އިމާރާތަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އިމާރާތުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު ބައްލަވައި އިތުރަށް ކުރަން ހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯއްދަވާފައެވެ. މި ޒިޔާރަތުގައި، ރައީސް އިރުޝާދު ދެއްވާފައިވަނީ އާ އިމާރާތަށް ތެލަސީމިއާގެ ޚިދުމަތްތައް ބަދަލުކުރެއްވި ނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތަކަށް އެއްވެސް ދައްޗެއްނެ ތި ޚިދުމަތް ދެވޭނެ ގޮތަށް، އާ އިމާރާތަށް ބަދަލުކުރެއްވުމުގެ މަސައްކަތް ކުރެއްވުމަށެވެ.
މީގެ އިތުރުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކަންކަން ފަހިވާނެ ގޮތަށް، ބަލި މީހުންނާ އަދި ޚިދުމަތް ހޯދާ ފަރާތްތަކާ ގުޅިގެން އެފަރާތްތަކުގެ މަޝްވަރާއާއެކު، ގާތުން ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އެމަނިކުފާނު އިރުޝާދު ދެއްވިއެވެ. މާލޭގައި ހުންނަ ތެލެސީމީ ސެންޓަރުގެ ހިދުމަތާއި މެދު ހިތްހަމަ ނުޖެހިގެން ބައެއް ފަރާތްތަކުން މުޒާހަރާ ކުރިތާ 24 ގަޑިއިރު ނުވަނީސް ރައީސް ވަނީ ތެލިސީމިއާ ސެންޓަރާއި ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތްތަކާއި ކުދިންގެ ހާލަތު ގާތުން ބައްލައި ޝަކުވާތައް އަޑުއައްސަވާފައެވެ.
ތެލިސީމިއާ ސެންޓަރުގެ މަސައްކަތް ހަރުދަނާ ކުރުމަށް ނިންމެވި ބައެއް ކަންތައްތައް:
- ތަނަށް ބޭނުންވާ ނަރުހުން އިތުރުކުރުން
- އެކި ސާމާނުތައް ހޯދުން
- ސީނިއާ ފިޒީޝަނެއް ހަމަޖެއްސުން
- ލެބޯޓްރީއަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ހޯދުން
- މަސައްކަތުގެ ގަޑިއިތުރުކޮށް ހިއުމަން ރިސޯސް އިތުރުކުރުން
ރައީސް ވިދާޅުވެފައިވަނީ އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވެސް ބައިވެރިކޮށްފައިވާނެ ކަމަށާއި ތެލެސީމިއާ ސެންޓަރުގެ މަސައްކަތަށް ފައިސާގެ ގޮތުން ބޭނުންވާ އެއްވެސް ކަމެއް ދަތި ނުވާނެ ގޮތަށް ކަންކަން ހަމަޖައްސައިދެއްވާފައިވާނެ ކަމަށެވެ. އަދި ކަންކަން ކުރިއަށް ގެންދަންވީ ގޮތާއި މުހުލަތްތައް މިއަދު ކަނޑައަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
