
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް)
މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރުކުރެވޭ ގޮތަށް ޤާއިމުކުރާ ފެނުގެ ވިއުގަ ޓެސްޓްކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮންޕެނީ، އެމްޑަބްލިޔުއެސްސީން ފަށައިފިއެވެ. 2018 ވަނަ އަހަރު ހުޅުވި ސިނަމާލެ ބުރިޖުގެ އަރިމަތީގައި މާލެއާއި ހުޅުމާލެއާ ދެމެދު މީރު ފެން ދައުރުކުރެވޭ ގޮތަށް ހޮޅިއެއް އަޅާފައި އޮވެއެވެ. އެ ހޮޅި ބޭނުންކޮށް، މާލެއާއި ހުޅުމާލެ ފެނުގެ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް 2018 ވަނަ އަހަރު ފެށިއެވެ. ނަމަވެސް މިދިޔަ 5 އަހަރު އެދެވޭ ގޮތެއްގައި މަސައްކަތް ކުރިއަށްގޮސްފައިނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މި ސަރުކާރުން އިސްނަގައިގެން ވަނީ ފެނުގެ ވިއުގައިގެ މަސައްކަތް ފަށާފައެވެ. އެ ގޮތުން މި މަސައްކަތް މިހާރު ނިމުމަކާ ވަރަށް ގާތްވެފައިވާކަން އެމްޑަބްލިޔުއެސްސީން މިހާރު ވަނީ ހާމަކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަަކަފުޅުދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވިދާޅުވީ ފެނުގެ ވިއުގަ ޤާއިމުކުރުމަށް ބޭނުންކުރާ ހޮޅި ސާފުކޮށް، ދެ ކޮޅުން މިހާރު ގުޅާލާފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު 3000 ޓަނުގެ ފެން ދައުރުކުރެވޭކަމަށް މަތީން ވިދާޅުވިއެވެ. އަދި މި މަސައްކަތުގެ ދަށުން ކުރަންޖެހޭ ހުރިހާ ކަމެއް ނިމޭއިރު، 20،000 ޓަނުގެ ފެން އެއް ރަށުން އަނެއް ރަށަށް ދައުރުކުރެވޭނެކަމަށް މަތީން ވިދާޅުވިއެވެ.

“މުޅި ނިޒާމަށް ބަލާއިރު ޕަމްޕް ސްޓޭޝަން ޤާއިމުކުރަންޖެހޭ. ޕަމްޕް ސްޓޭޝަންގެ އިމާރާތުގެ މަސައްކަތް އަންނަ މަހު ނިމޭނެ. ޕަންޕް ސްޓޭޝަން ނިމުމުން ޕަމްޕްތައް ބަހައްޓައި، އެ ތަނުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރަންޖެހޭނެ.” މަތީން ވިދާޅުވިއެވެ. އެމްޑަބްލިޔުއެސްސީން އަމާޒު ހިފާފައިވަނީ މި އަހަރުގެ މެދުތެރޭ ފެނުގެ ވިއުގައިގެ ޚިދުމަތް ފެށުމެވެ. އެ ގޮތުން އަންނަ ޖުލައި ނުވަތަ އޮގަސްޓް މަހު ޚިދުމަތްދޭން ފެށޭނެކަމަށް އެ ކުންފުނިން ލަފާކުރައްވައެވެ.
މާލެއާއި ހުޅުމާލެ ގުޅާލައި ޤާއިމުކުރާ ފެނުގެ ވިއުގައިގެ ބޭނުމަކީ ފެނުގެ ރައްކާތެރިކަން މާލެ ސަރަޙައްދުގައި ކަށަވަރުކުރުމެވެ. އެގޮތުން މި ވިއުގައާއެކު މާލެ ނުވަތަ ހުޅުމާލޭގައި ފެން ފޯރުކޮށްދިނުމަށް މައްސަލައެއް ދިމާވެއްޖެނަމަ، އެއް ރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ފެން ފޯރުކޮށްދެވޭނެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
