
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ރައްޔިތުންނަށް ސާާފު ފެން ފޯރުކޮށްދިނުމަކީ ސަރުކާރުން އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ފެނުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ ފެނުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ދިވެހިންނާއި ބައިނަލްއަގްވާމީ ޕާޓްނަރުންނަށް އަރިސްކުރާ ކަމަށެވެ.
On this #WorldWaterDay I extend my heartfelt greetings to all Maldivians and our global partners. This year’s theme, #GlacierPreservation is a potent reminder of the complex connection between climate change, water resource limitations and human vulnerability. Our commitment to… pic.twitter.com/EzPNU0wf9C
— Dr Mohamed Muizzu (@MMuizzu) March 22, 2025
މިފަހަރު ފެނުގެ ދުވަހުގެ ޝިޔާރަކީ “ގްލޭޝިޔާ ޕްރިޒަވޭޝަން” ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ޝިޔާރުން ހަނދާން ކޮށްދެނީ މޫސުމީ ބަދަލުތަކާއި ފެނުގެ ވަސީލަތްތަކުގެ މަދުކަމާއި އިންސާނުންގެ ނާޒުކުކަމާ އޮތް ގުޅުމުގެ މަތިން ކަމަށެވެ. ” އެފަދަ ހައްސާސީ ކަންކަމާއި ވާހަކަދެއްކުމުގައި ރާއްޖެއިން ދެމި ތިބޭނަން. ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމަކީ އެންމެ އިސްކަންދޭ އެއް ދާއިރާ.” ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކުރުމަށް މާނަހުރި ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ. ދުނިޔެ ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ދެތަނޑީގައިވާ ގަނޑުފެން ވިރި ކަނޑުތަކަށް އެޅުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެއެވެ. ނާސާ އިން ޖައްވަށް ފޮނުވާފައިވާ ސެޓެލައިޓެއްގެ އެހީގައި، ދުނިޔޭ ގައި އޮތް ގަނޑުފެނުގެ ބައްރު ވިރެމުންދާ މިންވަރު ދެނެގަނެގަނެވިފައިވާއިރު، އެކަން ކަންބޮޑުވާން ޖެހޭ ހާލަތުގައި އޮތްކަމަށް ކުރިން ސައިންސްވެރިން ބުނެފައި ވެއެވެ.
ދުނިޔެ ހޫނުވެ ގަނޑުފެނުގެ ބައްރަށް ފިނިހޫނުމިން މަތިވަމުންދާއިރު، އެކަމުގެ ސަބަބުން އަހަރަކު 0.6 މިލިމީޓަރަށް އުފުލޭކަމަށް ނޭޗާ ޖާނަލްގައި ސައިންސްވެރިން އާންމުކުރި ރިޕޯޓްގައި ބުނެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
