
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ބޭނުންވާ އޮފީސް އިމާރާތެއް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅަން ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ. އެމްއެމްއޭއިން ކުރި އިއުލާނެއްގައި ވިދާޅުވީ، ކޮންސަލްޓެންސީ ބޭނުންވަނީ އެ އިމާރާތް ޑިޒައިން ކުރުމާއި އިމާރާތް ކުރުމަށް ކަމަށެވެ. އެހެންކަމުން، އެ ދާއިރާއިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތެއް ކޮންސަލްޓެންސީގެ ޚިދުމަތަށް ހޯދާކަމަށް އެ އިއުލާނުގައިވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑަށް ރަޖިސްޓްރީ ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓު (އީއޯއައި) ހުށަހަޅާނީ އެ އޮތޯރިޓީގެ އީމެއިލްއަށް ކަމަށާއި އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 10ވަނަ ދުވަހުގެ 11:00ގެ ކުރިން ކަމަށް ވެސް އެމްއެމްއޭއިން ވިދާޅުވެފައި ވެފައި ވެއެވެ.
ބިޑު ކުރުމަށް ހުށަހަޅާ ފަރާތްތަކުން އިތުރު މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ނަމަ އަންނަ މަހުގެ 17ވަނަ ދުވަހުގެ ކުރިން އީމެއިލަށް މެއިލް ކުރުމަށް އެމްއެމްއޭއިން އެދިފައި ވެއެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭގެ އޮފީސް އިމާރާތް ހެދުމަށް ހުޅުމާލެ އިން 211 މިލިއަން ރުފިޔާ އަށް ބިމެއް ގަތީ 2023 ވަނަ އަހަރެވެ. ސިވިލް ކޯޓު މެދުވެރިކޮށް ހިންގި އެ މުއާމަލާތާ ގުޅޭ ގޮތުން ކޯޓުން ކުރި ހުކުމްގައި ވަނީ އެ ބިމާ ގުޅޭ ތަފްސީލުތައް ހާމަކޮށްފައެވެ. އެމްއެމްއޭ އިން ގަތީ 43،400 އަކަފޫޓުގެ ބިމެކެވެ.
ހުޅުމާލޭގައި އާ އިމާރާތެއް ހަދަން ނިންމީ، ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަމާއި އެ އޮތޯރިޓީ އަށް ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާ އެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމު ކުރުމަށް ޖާގަ ތަނަވަސް ތަނެއް ހޯދުމުގެ ބޭނުމުގައި ކަމަށް އެމްއެމްއޭއިން މީގެކުރިން ވިދާޅުވެފައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
ހުއްދަނެތި ބޭސް އެތެރެކޮށްފިނަމަ އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ
ރާއްޖެއަށް ބޭސް އެތެރެކުރުމާއި، ގުދަންކުރުމާއި، ވިއްކުމާ ގުޅޭ އާ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދާ ހިލާފުވާ ފަރާތްތައް އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް ލައިސަންސް...
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ޚިދުމަތް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް ޕޯސްޓް) ކުޅުދުއްފުށި ސިޓީގެ ޕޯސްޓު އޮފީހުން ޕިކްޕޯސްޓުގެ ޚިދުމަތް ދޭން ފަށައި، އެ އޮފީސް ބަންޑާރަމަގުގައި ހުންނަ ސީނާ ބިލްޑިންގަށް...
