
ސ. ފޭދޫގައި 75 ހައުސިން ޔުނިޓް އެޅުމުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ފޭދޫގައި 75 ހައުސިންގ ޔުނިޓް އެޅުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ 52.4 އިންސައްތަ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ. މިހާރު ރޭނުމުގެ މަސައްކަތް ކުރިއަށްދާއިރު, 75 ޔުނިޓް ހިމެނޭ ފްލެޓްތަކުގެ ހަވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ފޭދޫގައި ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު އައްޑޫ ސިޓީގައި 1،100 ހައުސިން ޔުނިޓު އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ މަޝްރޫޢުގެ ދަށުން ހިތަދޫގައި 500 ޔުނިޓް، މަރަދޫގައި 100 ޔުނިޓް، މަރަދޫފޭދޫގައި 100 ޔުނިޓް، ފޭދޫގައި 200 ޔުނިޓް، ހުޅުދޫގައި 100 ޔުނިޓް އަދި މީދޫގައި 100 ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުޢިއްޒުގެ ވަޢުދުގެ ދަށުން ރާއްޖޭގެ އުތުރުގައި 20,000 އަދި ދެކުނުގައި 20,000 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އޭގެ ތެރެއިން 1 ބިލިއަން ރުފިޔާ ޚާއްޞަކޮށްފައިވަނީ އުމްރާނީ ތަރައްޤީއަށެވެ.
މިކަމުން އެނގިގެންދަނީ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާކަމާއި، އެކަން ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމެވެ.
About Post Author
މާދަމާ ނިއުސް
“ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ ދަށްނުވާނެކަމުގެ ޔަގީންކަން އެބައޮތް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކޮށްފައިވީ ނަމަވެސް، މިދިޔަ އަހަރަށްވުރެ...
ކަނޑުއޮތްގިރިން މަސްވެރިންނަށް އައިސް ވިއްކަން ފަށައިފި
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަނޑުއޮތްގިރީގައި ދުވާލަކު 25 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ގާއިމުކޮށް، މަސްވެރިންނަށް އައިސް ވިއްކަން މިފްކޯއިން ވަނީ ފަށާފައެވެ. މީގެ...
ޤާނޫނުގެ އިމުގެ ތެރެއިން މިނިވަންކަން: ޙަޤީޤަތާއި، އަމާނާތްތެރިކަމާއި އަދި ޤައުމީ ހަމަޖެހުން ހިމާޔަތްކުރުން
(ފޮޓޯ ކްރެޑިޓްސް: މިހާރު) ކޮންމެ ދިރުުންހުރި ޑިމޮކްރަސީއެއްގައިވެސް، ފަރުދީ މިނިވަންކަމާއި ޤާނޫނީ ސިޔާދަތާ ދެމެދު ހަމަހަމަކަން ހިފަހައްޓަންޖެހެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ...
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާ ކުރަން އުސޫލެއް ތަޢާރަފްކުރަނީ
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ހުރިހާ ޕާޓީއަކުން އެއް އުސޫލަކުން ޢަމަލުކުރާނެ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން (އީސީ) ފަށައިފިއެވެ. އީސީން...
ހަވާއެރުވުމާއެކު މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ބާއްވައިފި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް، ރައީސުލްޖުމްހޫރިއްޔާ...
“ޒަކާތު ފަންޑުގެ އިންވެސްޓްމަންޓުތަކުން، އުނިކަމެއް ނާންނާނެ”
ޒަކާތު ފަންޑުގެ ފައިސާ އިންވެސްޓްކުރަނީ ފަޤީރުންނާއި މިސްކީނުންގެ ޙައްޤުތަކަށް އުނިކަން ނާންނާނެހެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކޮށްފިއެވެ....
